ކޮވިޑް 19 އާ ބެހޭގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ހަވީރު ކުއްލި ނިއުސްކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.
އެޗްއީއޯސީ އިން ބުނީ މިއަދުގެ ނިއުސް ކޮންފަރެންސް އޮންނާނީ ހަވީރު 4:00 ގައި ކަމަށެވެ.
އެޗްއީއޯސީ އިން ކޮވިޑާބެހޭ ނިއުސްކޮންފަރެންސްތައް އާއްމުކޮށް ބާއްވަމުން އަންނަނީ، ރޭގަނޑު 10:00 ގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު ނިއުސްކޮންފަރެންސެއް ބާއްވަން ނިންމާފައި ވަނީ، ކޮވިޑްގެ ރައްކާތެރިކަމާބެހޭގޮތުން އަންގަން ޖެހޭ ބައެއް އެންގުންތަކާއި އެކަމާބެހޭ ބައެއް މައުލޫމާތު ހާމަކޮށް ހިއްސާ ކުރުމަށެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު ފަހަކަށް އައިސް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. ކޮވިޑްގައި މަރުވާ މީހުންގެ އަދަދުވެސް ކައިރި ކައިރީގައި އަންނަނީ އިތުރު ވަމުންނެވެ.
އެގޮތުން ކޮވިޑު ޖެހުނު އިތުރު މީހަކު މިއަދުވެސް ވަނީ މަރުވެފައެވެ. މިއަދު މަރުވީ 80 އަހަރުގެ ދިވެހި އަންހެނެކެވެ. މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުވެސް ވަނީ އެ ބަލީގައި މީހަކު މަރުވެފައެވެ.
މި ބައްޔަށް އިއްޔެ ނޫން ކުރީ ދުވަހު 215 މީހުން ޕޮޒިޓިވް ވެފައި ވާއިރު އިއްޔެ 129 މީހުން ޕޮޒިޓިވް ވިއެވެ. އަދި ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ރަށްރަށުންވެސް މިހާރު ވަނީ ބަލި ފެނިފައެވެ.
ކޮވިޑާ ބެހޭގޮތުން އެޗްއީއޯސީއިން މިއަދު ހަވީރު 04:00 ގައި ކުއްލި ނިއުސްކޮންފަރެންސެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ