ކެލާ ދާއިރާގެ މަޖިލިސް ގޮނޑިއަށް ރިޝްވާން ވާދަކުރަނީ

އަންނައަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެލާ ދާއިރާގެ މަޖިލިސް ގޮނޑިއަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު އަހްމަދު ރިޝްވާން ވާދަކުރައްވަން ނިންމަވައިފިއެވެ.
އެގޮތުން އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި އޭނާ ވާދަކުރައްވަން ވަނީ ނިންމަވާފައެވެ. އޭނާއަކީ އެމްޑީޕީގެ ވަރުގަދަ އެކްޓިވިސްޓެކެވެ.
ރާއްޖޭގައި ލާމަރުކަޒީ ނިޒާމް ތައާރަފްވެ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވި ފުރަތަމަ ފަހަރުހއ އަތޮޅު ކައުންސިލް ރައީސްކަން ވެސް ކުރައްވާފައިވާ ރިޝްވާން، ސިޔާސީ މައިދާނަށް ނުކުންނެވީ 2004 ވަނަ އަހަރުއެވެ. އަދި އޭނާ ވަނީ އުތީމު ކައުންސިލަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.
ކެލާ ދާއިރާގެ މަޖިލިސް މެމްބަރުކަން މިހާރު ކުރައްވަނީ އިބްރާހިމް ޝަރީފް (ކެލާ ޝަރީފް) ވެސް އެއީ އެމްޑީޕީ މެމްބަރެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެ ސީދާ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އަދިއިއުލާނެއް ނުކުރެއެވެ.
މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާރުވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބުނު ނާކާމިޔާބީ އާއެކު އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކޮށް މަޖިލީހުގެ މެޖޯރިޓީ ނެގުމަށް އެމްޑީޕީން ދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ