ސިވިލް ކޯޓުގެ އިސް ގާޒީ ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެ

ސިވިލްކޯޓްގެ އިސް ގާޒީ، އަހްމަދު ނިމާލު ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެއެވެ.
ނިމާލު އެ މަގާމަށް ހަމަޖައްސާފައި ވަނީ މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހުއެވެ.
ނިމާލު އަވަހާރަވީ ރޭގެ ވަގުތެއްގައި، ގޭސްޓްރިކްވެ ހާލު ސީރިއަސްވެގެން ކަމަށް މައުލޫމާތު ލިބެއެވެ.
ނިމާލު އަވަހާރަވީއިރު ޢުމުރުފުޅަކީ 36 އަހަރެވެ. ނިމާލުގެ ކަށުނަމާދު އޮންނާނީ ހުޅުމާލެ ސަހަރާ މިސްކިތް ( މަސްޖިދު ޒައިދު ބިން ޘާބިތު ) ގައި މިއަދުގެ މެންދުރު ނަމާދަށް ފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ