ދިއްދޫ އެއަރޕޯޓުގެ ބިން ހިއްކަން އެމްޓީސީސީއާއި ހަވާލުކޮށްފި

ދިއްދޫ އެއަރޕޯޓުގެ ބިން ހިއްކަން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިސްމާޢީލް ހަމީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ ޒިޔާދު އެވެ.
މިއެއްބަސްވުމުގެ ދަށުން އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ހިއްކާ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުން ހިމެނެއެވެ.
މި ޕްރޮޖެކްޓްގައި ދިއްދުއިން 71.8 ހެކްޓަރުގެ ބިން ހިއްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ