އައްޑޫ ސިޓީން އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ އިމާދު ވަނީ ސަރުކާރުގެ އިސް ބައެއް މަގާމުތައް ވެސް އަދާ ކުރައްވާފަ އެވެ.
ދެކުނުގެ މައި ސިޓީ -- އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް އިމާދު ސޯލިހު ހަމަޖައްސަވައިފި އެވެ.
އިމާދު އެ މަގާމަށް ހަމަޖެއްސެވީ އެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ މަތީން މާކުސް ލިބިގެންނެވެ. އިމާދު ވަނީ އިއްޔެ މަގާމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެންފަ އެވެ. އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ އިމާދަށް މަރުހަބާ ކިޔާ ޕޯސްޓެއް ކޮށްފަ އެވެ.އިމާދު އެންމެ ފަހުން ހުންނެވީ އެންޑީއޭގެ ސީއީއޯގެ މަގާމުގަ އެވެ. އެ މަގާމުގައި ހުންނަވައިގެން އެންޑީއޭގެ ހިންގުމަށް މުހިންމު ބަދަލެއްތަކެއް ގެންނެވި އެވެ. އެ އިދާރާއާ މެދު ގިނަ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.އައްޑޫ ސިޓީން އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ އިމާދު ވަނީ ސަރުކާރުގެ އިސް ބައެއް މަގާމުތައް ވެސް އަދާ ކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރު ކަން ވެސް ކުރެއްވި އެވެ.2022 ވަނަ އަހަރު ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރިއާ އެންޑް ލޯ ހާސިލު ކުރައްވާފައިވާ އިމާދަކީ ތައުލީމީ ދާއިރާގެ ހިދުމަތްތެރި އެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އައްޑޫސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް އިމާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ