އެމްޕީއެލްގެ ހިދުމަތްތައް ރަނގަޅުކުރަން ހިޔާލު ހޯދަނީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.އެމްޕީއެލް އިން ބުނީ މި ސާވޭއިން ލިބޭ ހިޔާލަށް ބިނާކޮށް، އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.މި ފޯމްގައި ހިދުމަތް ފޯރުކޮށްދިނުމުގައި އަދި ސިޔާސަތުތަކަށް ގެންނަ ބަދަލާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދެމުންދާ މިންވަރާއި އެމްޕީއެލްއިން އޮންލައިންކޮށް ފޯރުކޮށްދޭ ހިދުމަތްތަކާމެދު ހިތްހަމަޖެހޭ މިންވަރު ރޭޓް ކުރެވޭނެ އެވެ.އެމްޕީއެލުން މިފަދަ ސާވޭއަކަށް ހުޅުވައިލި އިރު، ސްޓެލްކޯ އާއި އެމްޓީސީސީން ވެސް ވަނީ ހަމަ މިފަދަ ސާވޭއެއް ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ