ހައިކޯޓުގެ ފަނޑިޔާރުންނާއި ގުޅޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް އެ ކޯޓުން އެދިއްޖެ އެވެ.
މިފަހަކަށް އައިސް ހައިކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ މަސައްކަތްތަކާއި ގުޅޭގޮތުން އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުން ގެންދާތީ އެ ކޯޓުން ކަންބޮޑުވުންފާޅުކޮށް ވަނީ ބަޔާނެއް އާންމުކޮށްފަ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ގާނޫނު އަސާސީން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ހަބަރުތަކަކީ އެއީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅައި ބަޔާންވެގެންވާ އުސޫލިތަކާއި ހިލާފަށް، ހައިކޯޓުގެ ދުސްތޫރީ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ކުރާ މަސައްކަތާ މެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަތައް ފަތުރަމުން ގެންދާކަން ސަމާލުކަމަށް އައިސްފައިވާކަމަށް ބަޔާނުގައި ވެއެވެ.
އެހެންވެ ހައިކޯޓުގެ ބަޔާނުގައި އެދިފައި ވަނީ ހަބަރުތައް ފެތުރުމުގައި ޒިންމާދާރު ކަމާ، ތެދުވެރިކަމާ މެދު އެކުގައި މަސައްކަތްކޮށް ހައިކޯޓުގެ ޝަރީއަތްތަކުގެ ހަބަރުތައް ގެނެސްދިނުމުގައި ނޫސްވެރިން މިހާރަށް ވުރެ ޒިންމާދާރުވުމަށެވެ. އަދި ބުނީ ޝަރީއަތްތަކާއި، ކޯޓާއި ގުޅުން ހުރި މައުލޫމާތުތައް ވީހާވެސް ތެދުވެރިކަމާއި ހާމަކަން ބޮޑުކޮށް ގެނެސްދިނުމަށް ނޫސްވެރިން ކުރާ މަސައްކަތަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
ހައިކޯޓާ ގުޅޭގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް އެ ކޯޓުން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ