ރިޔާސީ އިންތިހާބު: އުމަރު ނަސީރު އަރިއަތޮޅުގެ ރަށްތަކަށް ފުރާވަޑައިގެންފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފައިވާ އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު އަރިއަތޮޅު ރައްޔިތުންގެ ތާއީދު ހޯދުމަށް ބުރާސްފަތި ދުވަހު އެ އަތޮޅަށް ފުރާވަޑައިގެންފި އެވެ.
އުމަރު ކެމްޕޭން އޮފީހުގެ އޮފިޝަލު ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި ހަތަރު ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުގައި އއ. އަތޮޅާއި އދ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ އުމަރު ބައްދަލު ކުރައްވާނެ އެވެ.
އޭނާ ވިދާޅުވީ އެ ދަތުރުގައި ބުރާސްފަތި ދުވަހު އދ. އަތޮޅު ހަންޏާމީދު އާއި އޮމަދު އާއި ކުނބުރުދޫ ރައްޔިތުންނާ ބައްދަލުކޮށް ހާލު އަހުވާލު ބައްލަވައި ރަށްރަށުގެ ރކ. ކޮމެޓީއާ ބައްދަލުކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ވެސް ރަށްރަށުގެ ސްކޫލްތަކާއި އޮފީސްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިތުރުން އާސާރީ ތަންތަނަށް ވެސް ޒިޔާރާތް ކުރައްވާނެ ކަމަށް އުމަރު ކެމްޕޭން އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ