ވެލިގާ ހާޑްވެއާއިން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި

މިރޭ މަޖީދީމަގު ވެލިގާ ހާޑްވެއާއިން ވައްކަންކުރި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މިރޭ 21:13 އެހާއިރު ވެލިގާ ހާޑްވެއާއިން ވައްކަންކުރި މީހަކު ހިފަހައްޓާފައިވާ ކަމުގެ ރިޕޯޓް ކުރުމާއިއެކު ފުލުހުން އެފިހާރައަށް ގޮސް އެމީހާ ހައްޔަރުކޮށްފައިވާ ކަމުގައެވެ. މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީގެ އިތުރުން މިރެ 21:40 އެހާއިރު ހިލާލީގެ ކައިރިން ހިނގާފައިދިޔަ މީހެއްގެ އަމަލުތައް ހުރިގޮތުން ބަލާ ފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސާމަނުތަކެއް ފެނިގެން އޭނާވެސް ހައްޔަރުކޮށްފައި ވާކަމަށް ފުލުނުން ބުނެއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވަނި 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން އަންނަނީ މި ދެ މައްސަލަވެސް އިތުރަށް ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ