ފަޒުލްގެ ޕްރި ސްކޫލް ބިލު ބޭރު ކޮށްލައިފި

ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި އެއް އަހަރުވުމުން ކުދިން ޕްރީ ސްކޫލުތަކުގެ ޕްރޮގްރާމުތަކުގައި ބައިވެރި ކުރުވާ ގޮތަށް ޕްރީ ސްކޫލު ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުން މަޖިލީހުން ބަލައި ނުގަތުމަށް ފާސްކޮށް މިއަދު ބޭރުކޮށްލައިފި އެވެ.
މިއަދު އޮތް ޖަލްސާގައި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 62 މެންބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވެސް މެންބަރަކު ވޯޓު ދެއްވި އެވެ.
ފަޒުލް ހުށަހެޅުއްވި ބިލުގައިވާ ގޮތުން އުމުރުން އެއް އަހަރުން ފެށިގެން ހަ އަހަރާ ދެމެދުގެ ކުދިންނަށް ޕްރީ ސްކޫލްގެ ޕްރޮގްރާމްތައް ހިންގަން ޖެހެ އެވެ. މި އިސްލާހުގައި ޕްރީސްކޫލް ތަކުގައި ޕްރޮގްރާމްތައް ހިންގާނީ ފަސް އުމުރުފުރައަކަށް ބަހާލައިގެން ކަމަށް ވަނީ ހިމަނައިފަ އެވެ.
މަޖިލީހުގެ ޖަލްސާގައި މިއީ ސަރުކާރުގެ ތައުލީމީ ސިޔާސަތު ފުނޑުފުނޑުކޮށްލަން ހުށަހެޅި ބިލެއް ކަމަށާއި މި އިސްލާހަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ އުމުރުން އެއް އަހަރުގެ ކުދިން ޕްރީ ސްކޫލްގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ ބިލާ ދެކޮޅު ހައްދަވައިފަ އެވެ.
ޕްރީ ސްކޫލްގެ ތައުލީމު ދޭން އޮންނަނީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށެވެ. ނަމަވެސް ބެލެނިވެރިން ބޭނުން ވާނަމަ ދެ އަހަރުން ފެށިގެން ވެސް ޕްރީ ސްކޫލްގެ ޕްރޮގްރާމްތަކުގައި ބައިވެރި ކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ