ހޯރަފުށީ އެއާޕޯޓް: ތަރައްގީއަށްޓަކައި ރަށެއްގެ ރައްޔިތުން ވަމުންދާ ޤުރުބާނީ

ސިޔާސީ ހަލަބޮލި ކަމާއެކު ޒަމާނުއްސުރެ ރާއްޖޭގެ ރަށްތަކުގެ މީހުންގެ މެދުގައި އޮންނަ ބަދަހިކަން ގެއްލި ކޮންމެ މީހެއްވެސް އެމީހެއްގެ ވިސްނުމާ ތަފާތު ކަމެއްވިއްޔާ އެކަމަކަށް އެއްބާރުލުން ނުދިނުމާ، އެކަންކަމަށް ހަޖޫ ޖެހުމުގެ ސަގާފަތެއް މުޅި ރާއްޖޭގައިވެސްވަނީ އުފެދިފައެވެ. ސަރުކާރުތަކުން ހިންގާ ތަރައްގީގެ އެކި މަޝްރޫއު ތަކުގައިވެސް، މިދެންނެވި ވިސްނުމުގެ ތަފާތާ ގުޅިގެން ރަށަށް ކިތަންމެ ފައިދާހުރި މަޝްރޫޢެއް ވިޔަސް، އެއްވެސް އެއްބާރުލުމެއް ދޭކަށް ބޭނުންނުވެއެވެ.
މިއާ ހިލާފަށް، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހްގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ތަރައްގީކޮށް ހުޅުވުމަށް މަސައްކަތް ކުރަމުންދާ، ފުރަތަމަ އެއާޕޯޓްގެ މަސައްކަތާ ގުޅިގެން، ވަރަށް ތަފާތު މަންޒަރުތަކެއްދަނީ ފެންނަމުންނެވެ. އާދެ، ހއ. ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެން ތަރައްގީކުރާ މިއެއާޕޯޓްގެ މަސައްކަތް ނިންމުމުގެ ގޮތުން، އެރަށުގެ ރައްޔިތުންގެ ފަރާތުން ފެންނަ އެއްބައިވަންތަކަމަކީ، ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ހުރި ލާމަސީލު މިސާލެކެވެ. ރަށުވަންތަ ލޯބީގައި އެހެން ހުރިހާ ވިސްނުމާ ފިކުރުތައް އެއްކިބާކޮށް، ރަށުގެ ތަރައްގީއަށް ވެރިންނާ ރައްޔިތުން އެއް ހަމައެއްގައި ސާބިތުވެ ރެޔާ ދުވާލު މަސައްކަތް ކުރަމުންދަނީ އާދަޔާ ޚިލާފު ރޫޙެއްގައެވެ. ކުދިބޮޑު އެންމެން ޝާމިލުވާގޮތަށް ޢަމަލީގޮތުން މަސައްކަތް ތަކުގައި ބައިވެރިވަމުންދަނީ ޤައުމީ ލޯތްބެއްގައެވެ.
އެއާޕޯޓްގެ މަސައްކަތް ފެށުމުގެ ކުރިންވެސް ހޯރަފުށީގެ ރައްޔިތުން ތިބީ އެކަމަށް އެއްބާރުލުންދޭން ތައްޔާރަށެވެ. އެކަން ދަލީލުކޮށްދޭ އެއްކަމަކީ، އެއާޕޯޓް އެޅުމަށް ބޭނުންވާ ބިންހިއްކާ ނިމުމާއެކު، އެއަރޕޯރޓް ފެހިކުރުމުގެ ޝިޔާރުގެދަށުން އެތަނުގައި ގަސް އިންދުމަށް އެރަށުގެ ރައްޔިތުން ކުރަމުންދިޔަ މަސައްކަތެވެ. ރަށުގެ އިދާރާތަކުގެ އިތުރުން، އަމިއްލަ ޖަމިއްޔާތަކުންނާ ވަކިވަކި ފަރުދުންވެސް ދިޔައީ އެއާޕޯޓްގައި ގަސް އިންދުމަށް ނުހަނު ގިނަ މަސައްކަތެއް ކުރަމުންނެވެ.
ހޯރަފުށީގެ ރައްޔިތުންގެ އެއްބައިވަންތަ ކަމުގެ މިރޫޙާ ގުޅޭގޮތުން، އެރަށުގެ ކަތީބުގެ މަގާމާއި ޒިންމާދާރު އިސްވެރިއެއްގެ ގޮތުގައި ދިގުމުއްދަތަކަށް ޚިދުމަތް ކޮށްދީފައިވާ އަދި މިހާރުވެސް ކޮށްދެމުންދާ މުޙައްމަދު ވަޙީދު އުޘްމާން ފާހަގަކުރެއްވި ގޮތުގައި، ހޯރަފުއްޓަކީ ފެށުނީއްސުރެ އެއްބައިވަންތަ ރޫޙެއްގައި މަސައްކަތްކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށެވެ. އެންމެ ކުރިއްސުރެ ވެރިންގެ އަމުރަށް ކިޔަމަންތެރި ބައެއްކަމަށެވެ. ވަޒަނީ، ޤައުމީ ލޯބި އެހެން ހުރިހާ ވިސްނުމެއްގެ ކުރިޔަށް ނެރެގެން މަސައްކަތް ކުރުމަށް ހިތްވަރުކުރާ ނަމޫނާ ބައެއްކަމަށެވެ. ރަށުގެ ރައްޔިތުންގެ ފަރާތުން އަބަދުވެސް ރަށަށް އަންނަ ތަރައްޤީއަށް ހުރަސްއެޅުމެއްނެތި އެއް ރޫޙެއްގައި މަސައްކަތް ކުރާ ބައެއް ކަމަށެވެ. މިކަން އެއާޕޯޓުގެ މަސައްކަތުންވެސް ފެންނަނީ އެހެންވެ ކަމުގައެވެ.
ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާރިޗު 25 ގައެވެ. އަދި އެއާޕޯޓްގެ ޓަރމިނަލް އާއި ފަޔަރ ބިލްޑިންގ ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، މިއަހަރުގެ ސެޕްޓެންބަރު 13 ވަނަ ދުވަހު 80 ދުވަހުގެ މުއްދަތުގައި އެމަސައްކަތް ކޮށް ނިންމާގޮތަށެވެ. ޓަރމިނަލް އާއި ފަޔަރ އަދި ރަންވޭގެ މަސައްކަތްތަކުގައިވެސް ހޯރަފުށީގެ ޒުވާން ކުދިންނާ ކަމާ އެކަށޭނެ އެހެނިހެން މީހުން ދިޔައީ އަމަލީގޮތުން އެމްޓީސީސީގެ ޓީމާއެކު މަސައްކަތް ކުރަމުންނެވެ. ބޭނުމަކީ މަސައްކަތް އަވަސްކޮށް، ދީފައިވާ މުއްދަތަށް ނިންމުމެވެ. އެއާޕޯޓުން ހޯރަފުށްޓަށް ދިޔުމަށް އޮންނަ މަގުގައި ތާރު އެޅުމާއި ލައިޓް ހަރުކުރުމުގައިވެސް ހޯރަފުށީގެ ރައްޔިތުންނާ ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުންދަނީ ނުހަނު ބޮޑެތި ޤުރުބާނީތަކެއް ވަމުންނެވެ.
ހޯރަފުށީ އެއާޕޯޓް ސާފުކުރުމުގައި ރައްޔިތުން ހަރަކާތްތެރިވަނީ، ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ އާދަޔާ ހިލާފު ހިތްވަރެއް--ފޮޓޯ: އިބުރާހިމް ނިޔާޒް
ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ރަށް ޒީނަތްތެރިކުރަނީ، ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ އާދަޔާ ހިލާފު ހިތްވަރެއް--ފޮޓޯ: އިބުރާހިމް ނިޔާޒް
ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ރަށް ޒީނަތްތެރިކުރަނީ، ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ އާދަޔާ ހިލާފު ހިތްވަރެއް--ފޮޓޯ: އިބުރާހިމް ނިޔާޒް
ހޯރަފުށީ އެއާޕޯޓްގެ މަސައްކަތުގައި ހަރަކާތްތެރިވަނީ، ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ އާދަޔާ ހިލާފު ހިތްވަރެއް--ފޮޓޯ: އިބުރާހިމް ނިޔާޒް
ހޯރަފުށީ ރައްޔިތުން ވަމުންދާ މިޤުރުބާނީއާ ގުޅޭގޮތުން، ތަޢުލީމީ ދާއިރާއިން ހޯރަފުށްޓަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދީފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ، ހއ. އަތޮޅު މަދަރުސާގެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރ މުޙައްމަދު މުޚްތާރު ފާހަގަކުރެއްވި ގޮތުގައި، ހޯރަފުށީގެ ރައްޔިތުންނަކީ އަބަދުވެސް ރަށުގެ އިޖުތިމާޢީ ކަންކަމުގައި އެއްބައިވަންތަ ބައެއް ކަމުގައެވެ. އެއާޕޯޓް މަޝްރޫއާ ގުޅިގެން މުޅި ރާއްޖެއަށް ރަށުގެ އެއްބައިވަންތަކަން މިއަދު ފެނުނު ކަމުގައިވިޔަސް، ހަގީގަތުގައި ހޯރަފުށީގެ ތަރައްޤީއާ ރައްޔިތުންގެ ފައިދާއަށް ކުރެވޭ ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ އެއްބާރުލުން އަބަދުވެސް އިންތިހާއަށް ލިބޭ ކަމުގައެވެ. ގައްލަންދޫ ކަނޑު ހުރަސްކޮށް ދަތުރުކުރަންޖެހޭ އުނދަގޫ، ތަކުލީފުބޮޑު ދަތުރުން ސަލާމަތްވާން ލިބޭ މި ފުރުސަތަކީ ރައްޔިތުންގެ ވަރަށްބޮޑެތި އުއްމީދުތަކާ ގުޅިފައިވާ ކަމެއްކަމުގައެވެ.
ރައްޔިތުންގެ ފަރާތުން ފެންނަނީ އެމީހުންގެ ހުވަފެންތައް ހަގީގަތަކަށްވާތީ، ސިޔާސީ، ޒާތީ ވިސްނުމުން ބޭރުވެ ރަށުވަންތަ ލޯބީގައި ކޮންކަމެއްތޯ އަޅުގަނޑު ކޮށްދޭންވީ ކިޔާލަ ކިޔާލަ ހުންނަ މަންޒަރު ކަމަށެވެ.
ހޯރަފުށީގެ ކޮންމެ ރައްޔިތެއްގެވެސް އުފަލާ ހިތްހަމަޖެހުމާ ގުޅިފައިވާ މި އެއަރޕޯޓު ހުޅުވުމުގެ ތައްޔާރީތަކާ ގުޅުވައިގެން ރައްޔިތުން އިސްނަގައިގެން އެއަރޕޯޓު ހިމެނޭގޮތަށް މުޅި ރަށް ސާފުކުރުމުގެ ބޮޑު އިޖުތިމާޢީ ޙަރަކާތެއްވެސް ދަނީ މިހާރު ކުރަމުންނެވެ. މިގޮތުން އެއަރޕޯޓުގެ ރަންވޭއިން ފެށިގެން ހޯރަފުށީގެ ހުރިހާ ސަރަހައްދެއް ކުނިކަހާ ސާފުކުރަން ކޮންމެ ދުވަހަކުވެސް ހަވީރު އަންނަނީ ރައްޔިތުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގައި އިސްކޮށް އުޅުއްވަނީ ރަށުގެ އަންހެންވެރީންނެވެ. ކޮންމެ ދުވަހަކުވެސް ސާފުކުރުމަށް ބޭނުންވާ ސާމާނު ހިފައިގެން އެއް ރޫހެއްގައި މަސައްކަތަށް ނުކުންނަ ނުކުތުމަކީ މިކަމަށް އެ ރައްޔިތުންގެ ފަރާތުން ބޭނުންވެފައިވާ މިންވަރު ވަޒަންކޮށްދޭ ކަމެކެވެ. ފިކުރު ތަފާތު ވިޔަސް ތަރައްގީގެ މަސައްކަތުގައި ލާމެހި އުޅެން އެނގޭ ކަމުގެ ފުރިހަމަ ނަމޫނާއެކެވެ.
ހޯރަފުށީ އެއާޕޯޓް ފެހިކުރުމުގައި ރައްޔިތުން ހަރަކާތްތެރިވަނީ --ފޮޓޯ: އިބުރާހިމް ނިޔާޒް
ހޯރަފުށީ އެއާޕޯޓް ސާފުކުރުމުގައި ރައްޔިތުން ހަރަކާތްތެރިވަނީ--ފޮޓޯ: އިބުރާހިމް ނިޔާޒް
ހޯރަފުށި އެއާޕޯޓް ހަދައި އެމްޓީސީސީގެ މުވައްޒަފުންނަށް ރައްޔިތުންގެ ފަރާތުން ކެއުން ދެނީ، މިކަމުގައި ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި މުވައްސަސާތަކުގެ މުވައްޒަފުން އަދި ޖުމްލަކޮށް މުޅި ރައްޔިތުން ހަރަކާތްތެރިވޭ

އެއާޕޯޓުގެ މަސައްކަތުގައި އުޅުއްވާ ފަރާތްތަކަށް ކޮންމެ ދުވަހަކުވެސް ހޯރަފުށީގެ ރައްޔިތުން ފަރާތުން ހިލޭ ސައި ހަމަޖައްސައިދެމުން ގެންދާކަމީވެސް މިދެންނެވުނު އެއްބައިވަންތަކަމުގެ ރޫޙަށް އިތުރުކޮށްލެވޭނެ ބޮޅެކެވެ. ސައި އިންތިޒާމު ކުރުމުގައި ހޯރަފުށީގެ ހޮޓާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކާއި، މުއައްސަސާތަކުންނާއި ކްލަބު ޖަމިއްޔާތަކުންނާ ވަކިވަކި ފަރުދުންގެ އިސްނެންގެވުންވެސް ހިމެނޭކަންވަނީ ފާހަގަކުރެވިފައެވެ.
1200 މީޓަރުގެ ބޮޑު ރަންވޭއެއް ހިމެނޭ މި އެއަރޕޯޓަކީ، ރާއްޖޭގެ އެންމެ އުތުރުގެ ތަރައްގީއަށް ހުޅުވާލެވޭ ދޮރާށްޓަކަށް ވުން އެއީ، ހޯރަފުށީގެ ރައްޔިތުންނާ އެ ސަރަޙައްދުގެ އެހެން ރަށްތަކުގެ ރައްޔިތުންގެވެސް އުއްމީދެކެވެ. ގައްލަންދޫ ކަނޑު ހުރަސްކޮށް ހަނިމާދޫއަށް ދަތުރުކުރުމުން އައި އުނދަގޫ ދަތި ދުވަސްތަކަށް ތަސައްލީއެއް އަންނާނެކަމުގެ ފެހި ސިގްނަލްއެކެވެ. ސަރަހައްދުގެ ރައްތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރު ފަތުރުކުރުމަށް ލިބޭނެ ފުރުސަތެކެވެ.
ނޮވެންބަރު 17 އަކީ އިބްރާހީމް މުހައްމަދު ސާލިޙްގެ ސަރުކާރަށް ތާރީޚީ ދުވަހެކެވެ. ނަމަވެސް، ހޯރަފުށީގެ ރައްޔިތުންނަށް އެއީ ހަމައެކަނި ތާރީޚީ ދުވަހެއް ނޫނެވެ. އުފާފަގަތި ކަމުގެ ޢީދެކެވެ. ރަށުގެ ތަރައްގީގެ އާބާބެއްގެ ފެށުމެކެވެ. ލުއި ފަސޭހަކަމާއެކު ދަތުރުފަތުރު ކުރުމަށް އުއްމީދު ކުރަމުން އައި އިންތިޒާރު ނިމުމަކަށް އަންނަ ދުވަހެވެ. އެހެންކަމުން، ނޮވެންބަރު 17 ގައި އެއާޕޯޓް ހުޅުވުމަށް މުޅިރަށް ޒީނަތްތެރި ކުރަމުންދަނީ ރައްޔިތުން ވަރަށްވެސް އުފަލާ ހިތްހަމަޖެހުމާ އެކުގައެވެ. ހޯރަފުށީގެ ކޮންމެ ރައްޔިތެއްގެ ކިބައިންވެސް ފެންނަމުންދަނީ ހިތްހަމަޖެހިފައިވާ އުފާވެރި ކަމުގެ މޫނެކެވެ.
ތައުރީފާ ސަނާ ހައްގު ހޯރަފުށީ ރައްޔިތުން ތަރައްގީއަށްޓަކައި ވަމުންދާ މިގުރުބާނީއަކީ، އެހެން ރަށްރަށުގެ ރައްޔިތުންނަށް އެފަދަ ދެވަނައެއްނެތް މިސާލެއްކަން ކަށަވަރެވެ.
"
ވަޒަނީ، ޤައުމީ ލޯބި އެހެން ހުރިހާ ވިސްނުމެއްގެ ކުރިޔަށް ނެރެގެން މަސައްކަތް ކުރުމަށް ހިތްވަރުކުރާ ނަމޫނާ ބައެއްކަމަށެވެ
މުޙައްމަދު ވަޙީދު އުޘްމާން
ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާރިޗު 25 ގައެވެ. އަދި އެއާޕޯޓްގެ ޓަރމިނަލް އާއި ފަޔަރ ބިލްޑިންގ ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، މިއަހަރުގެ ސެޕްޓެންބަރު 13 ވަނަ ދުވަހު 80 ދުވަހުގެ މުއްދަތުގައި އެމަސައްކަތް ކޮށް ނިންމާގޮތަށެވެ. ޓަރމިނަލް އާއި ފަޔަރ އަދި ރަންވޭގެ މަސައްކަތްތަކުގައިވެސް ހޯރަފުށީގެ ޒުވާން ކުދިންނާ ކަމާ އެކަށޭނެ އެހެނިހެން މީހުން ދިޔައީ އަމަލީގޮތުން އެމްޓީސީސީގެ ޓީމާއެކު މަސައްކަތް ކުރަމުންނެވެ. ބޭނުމަކީ މަސައްކަތް އަވަސްކޮށް، ދީފައިވާ މުއްދަތަށް ނިންމުމެވެ. އެއާޕޯޓުން ހޯރަފުށްޓަށް ދިޔުމަށް އޮންނަ މަގުގައި ތާރު އެޅުމާއި ލައިޓް ހަރުކުރުމުގައިވެސް ހޯރަފުށީގެ ރައްޔިތުންނާ ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުންދަނީ ނުހަނު ބޮޑެތި ޤުރުބާނީތަކެއް ވަމުންނެވެ.
ހޯރަފުށީ ރައްޔިތުން ވަމުންދާ މިޤުރުބާނީއާ ގުޅޭގޮތުން، ތަޢުލީމީ ދާއިރާއިން ހޯރަފުށްޓަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދީފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ، ހއ. އަތޮޅު މަދަރުސާގެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރ މުޙައްމަދު މުޚްތާރު ފާހަގަކުރެއްވި ގޮތުގައި، ހޯރަފުށީގެ ރައްޔިތުންނަކީ އަބަދުވެސް ރަށުގެ އިޖުތިމާޢީ ކަންކަމުގައި އެއްބައިވަންތަ ބައެއް ކަމުގައެވެ. އެއާޕޯޓް މަޝްރޫއާ ގުޅިގެން މުޅި ރާއްޖެއަށް ރަށުގެ އެއްބައިވަންތަކަން މިއަދު ފެނުނު ކަމުގައިވިޔަސް، ހަގީގަތުގައި ހޯރަފުށީގެ ތަރައްޤީއާ ރައްޔިތުންގެ ފައިދާއަށް ކުރެވޭ ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ އެއްބާރުލުން އަބަދުވެސް އިންތިހާއަށް ލިބޭ ކަމުގައެވެ. ގައްލަންދޫ ކަނޑު ހުރަސްކޮށް ދަތުރުކުރަންޖެހޭ އުނދަގޫ، ތަކުލީފުބޮޑު ދަތުރުން ސަލާމަތްވާން ލިބޭ މި ފުރުސަތަކީ ރައްޔިތުންގެ ވަރަށްބޮޑެތި އުއްމީދުތަކާ ގުޅިފައިވާ ކަމެއްކަމުގައެވެ.
ހޯރަފުށި އެއާޕޯޓް ހަދައި އެމްޓީސީސީގެ މުވައްޒަފުންނަށް ރައްޔިތުންގެ ފަރާތުން ކެއުން ދެނީ، މިކަމުގައި ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި މުވައްސަސާތަކުގެ މުވައްޒަފުން އަދި ޖުމްލަކޮށް މުޅި ރައްޔިތުން ހަރަކާތްތެރިވޭ
ހޯރަފުށީ އެއާޕޯޓް ފެހިކުރުމުގައި ރައްޔިތުން ހަރަކާތްތެރިވަނީ --ފޮޓޯ: އިބުރާހިމް ނިޔާޒް
ހޯރަފުށީ އެއާޕޯޓް ފެހިކުރުމުގައި ރައްޔިތުން ހަރަކާތްތެރިވަނީ --ފޮޓޯ: އިބުރާހިމް ނިޔާޒް
ހޯރަފުށީ އެއާޕޯޓް ސާފުކުރުމުގައި ރައްޔިތުން ހަރަކާތްތެރިވަނީ--ފޮޓޯ: އިބުރާހިމް ނިޔާޒް
ރައްޔިތުންގެ ފަރާތުން ފެންނަނީ އެމީހުންގެ ހުވަފެންތައް ހަގީގަތަކަށްވާތީ، ސިޔާސީ، ޒާތީ ވިސްނުމުން ބޭރުވެ ރަށުވަންތަ ލޯބީގައި ކޮންކަމެއްތޯ އަޅުގަނޑު ކޮށްދޭންވީ ކިޔާލަ ކިޔާލަ ހުންނަ މަންޒަރު ކަމަށެވެ.
ހޯރަފުށީގެ ކޮންމެ ރައްޔިތެއްގެވެސް އުފަލާ ހިތްހަމަޖެހުމާ ގުޅިފައިވާ މި އެއާޕޯޓު ހުޅުވުމުގެ ތައްޔާރީތަކާ ގުޅުވައިގެން ރައްޔިތުން އިސްނަގައިގެން އެއަރޕޯޓު ހިމެނޭގޮތަށް މުޅި ރަށް ސާފުކުރުމުގެ ބޮޑު އިޖުތިމާޢީ ޙަރަކާތެއްވެސް ދަނީ މިހާރު ކުރަމުންނެވެ. މިގޮތުން އެއަރޕޯޓުގެ ރަންވޭއިން ފެށިގެން ހޯރަފުށީގެ ހުރިހާ ސަރަހައްދެއް ކުނިކަހާ ސާފުކުރަން ކޮންމެ ދުވަހަކުވެސް ހަވީރު އަންނަނީ ރައްޔިތުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގައި އިސްކޮށް އުޅުއްވަނީ ރަށުގެ އަންހެންވެރީންނެވެ. ކޮންމެ ދުވަހަކުވެސް ސާފުކުރުމަށް ބޭނުންވާ ސާމާނު ހިފައިގެން އެއް ރޫހެއްގައި މަސައްކަތަށް ނުކުންނަ ނުކުތުމަކީ މިކަމަށް އެ ރައްޔިތުންގެ ފަރާތުން ބޭނުންވެފައިވާ މިންވަރު ވަޒަންކޮށްދޭ ކަމެކެވެ. ފިކުރު ތަފާތު ވިޔަސް ތަރައްގީގެ މަސައްކަތުގައި ލާމެހި އުޅެން އެނގޭ ކަމުގެ ފުރިހަމަ ނަމޫނާއެކެވެ.
"
ރައްޔިތުންގެ ފަރާތުން ފެންނަނީ އެމީހުންގެ ހުވަފެންތައް ހަގީގަތަކަށްވާތީ، ސިޔާސީ، ޒާތީ ވިސްނުމުން ބޭރުވެ ރަށުވަންތަ ލޯބީގައި ކޮންކަމެއްތޯ އަޅުގަނޑު ކޮށްދޭންވީ ކިޔާލަ ކިޔާލަ ހުންނަ މަންޒަރު ކަމަށެވެ.
މުޙައްމަދު މުޚްތާރު
އެއަރޕޯޓުގެ މަސައްކަތުގައި އުޅުއްވާ ފަރާތްތަކަށް ކޮންމެ ދުވަހަކުވެސް ހޯރަފުށީގެ ރައްޔިތުން ފަރާތުން ހިލޭ ސައި ހަމަޖައްސައިދެމުން ގެންދާކަމީވެސް މިދެންނެވުނު އެއްބައިވަންތަކަމުގެ ރޫޙަށް އިތުރުކޮށްލެވޭނެ ބޮޅެކެވެ. ސައި އިންތިޒާމު ކުރުމުގައި ހޯރަފުށީގެ ހޮޓާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކާއި، މުއައްސަސާތަކުންނާއި ކްލަބު ޖަމިއްޔާތަކުންނާ ވަކިވަކި ފަރުދުންގެ އިސްނެންގެވުންވެސް ހިމެނޭކަންވަނީ ފާހަގަކުރެވިފައެވެ.
1200 މީޓަރުގެ ބޮޑު ރަންވޭއެއް ހިމެނޭ މި އެއާޕޯޓަކީ، ރާއްޖޭގެ އެންމެ އުތުރުގެ ތަރައްގީއަށް ހުޅުވާލެވޭ ދޮރާށްޓަކަށް ވުން އެއީ، ހޯރަފުށީގެ ރައްޔިތުންނާ އެ ސަރަޙައްދުގެ އެހެން ރަށްތަކުގެ ރައްޔިތުންގެވެސް އުއްމީދެކެވެ. ގައްލަންދޫ ކަނޑު ހުރަސްކޮށް ހަނިމާދޫއަށް ދަތުރުކުރުމުން އައި އުނދަގޫ ދަތި ދުވަސްތަކަށް ތަސައްލީއެއް އަންނާނެކަމުގެ ފެހި ސިގްނަލްއެކެވެ. ސަރަހައްދުގެ ރައްތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރު ފަތުރުކުރުމަށް ލިބޭނެ ފުރުސަތެކެވެ.
ނޮވެންބަރު 17 އަކީ އިބްރާހީމް މުހައްމަދު ސާލިޙްގެ ސަރުކާރަށް ތާރީޚީ ދުވަހެކެވެ. ނަމަވެސް، ހޯރަފުށީގެ ރައްޔިތުންނަށް އެއީ ހަމައެކަނި ތާރީޚީ ދުވަހެއް ނޫނެވެ. އުފާފަގަތި ކަމުގެ ޢީދެކެވެ. ރަށުގެ ތަރައްގީގެ އާބާބެއްގެ ފެށުމެކެވެ. ލުއި ފަސޭހަކަމާއެކު ދަތުރުފަތުރު ކުރުމަށް އުއްމީދު ކުރަމުން އައި އިންތިޒާރު ނިމުމަކަށް އަންނަ ދުވަހެވެ. އެހެންކަމުން، ނޮވެންބަރު 17 ގައި އެއާޕޯޓް ހުޅުވުމަށް މުޅިރަށް ޒީނަތްތެރި ކުރަމުންދަނީ ރައްޔިތުން ވަރަށްވެސް އުފަލާ ހިތްހަމަޖެހުމާ އެކުގައެވެ. ހޯރަފުށީގެ ކޮންމެ ރައްޔިތެއްގެ ކިބައިންވެސް ފެންނަމުންދަނީ ހިތްހަމަޖެހިފައިވާ އުފާވެރި ކަމުގެ މޫނެކެވެ.
ތައުރީފާ ސަނާ ހައްގު ހޯރަފުށީ ރައްޔިތުން ތަރައްގީއަށްޓަކައި ވަމުންދާ މިގުރުބާނީއަކީ، އެހެން ރަށްރަށުގެ ރައްޔިތުންނަށް އެފަދަ ދެވަނައެއްނެތް މިސާލެއްކަން ކަށަވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ