އިންޑިއާ ސިފައިން ރާއްޖެ އެރުމަށް ޑރ.ޝަހީދު ގޮވާލައްވައިފި

އިންޑިއާ ސިފައިން ރާއްޖެ އަރައިގަނެ ވެރިކަމާއި ހަވާލުވުމަށް ޔޫއެންއިން އީރާނަށް ކަނޑައަޅާފައި ހުންނަވާ ސްޕެޝަލް ރެޕެޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ޝަހީދު މިހެން ވިދާޅުވިއިރު އިންޑިއާގެ މަނަވަރުތަކެއް ރާއްޖެއަށް އައިސްގެން އުޅޭތާ ދުވަސްތަކެއްވެއްޖެ އެވެ.
ކުރީގެ ދެ ސަރުކާރެއްގައި ހާރިޖީ ވަޒީރުކަމުގެ މަގާމު ފުރުއްވާފައިވާ ޝަހީދު ޓުވިޓާގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ނިންމި ނިންމުމުގެ ސަބަބުން ރާއްޖެ އަށް އިންޑިއާ ސިފައިން އަރައި ރާއްޖޭގެ ކަންކަމާ ހަވާލުވާން ބޭނުންފުޅުވެލައްވާ ކަމަށެވެ.
ޑރ. ޝަހީދު މިގޮތަށް ޓުވީޓްކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން އޭނާއަށް ރައްދުދެއްވާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ކާމިޔާބެއް ނުވާނެ ކަމަށެވެ.
އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިން ޝަހީދަށް ރައްދުދެއްވުމުން ޝަހީދު ވިދާޅުވީ "މުއްލާ" އެމްއެންޑީއެފްގެ ބަދަލުގައި "ސެކިއުލާ" ފިކުރުގެ އިންޑިއާ އަސްކަރިއްޔާ އިން ރާއްޖޭގެ ކަންކަމާ ހަވާލުވުމަކީ އެންމެ ބޭނުންވާ ގޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ