ރާއްޖޭގެ އެންމެ ބޮޑު ސްކޫލް ހުޅުމާލޭގައި، އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި އިމާރާތް ކުރާ އެންމެ ބޮޑު ސްކޫލް ހުޅުމާލޭގައި އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ހުޅުމާލެ ނެއިބަހުޑް އެކެއްގައި އިމާރާތް ކުރަނީ ޕްރައިމަރީ ސްކޫލަކާއި ސެކަންޑްރީ ސްކޫލެކެވެ. އެއީ 132 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ ސްކޫލްގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަންއާއެވެ.
އެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަންއެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ.
ޕްރައިމަރީ އަދި ސެކަންޑްރީ ތައުލީމު ދޭ އެ ސްކޫލްގައި ގާތްގަނޑަކަށް 1680 ކުދިންނަށް ކިޔެވުމުގެ ޖާގަ އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ހަތް ފަންގިފިލާގެ އެ އިމާރާތުގައި 50 ކްލާސްރޫމް ހިމެނެއެވެ.
ރާއްޖޭގައި ސަރުކާރުގެ ހަރަދުގައި އިމާރާތްކޮށްފައިވާ އެންމެ ބޮޑު ސުކޫލު މިހާރު ވެސް ހުންނަނީ ހުޅުމާލޭގައެވެ. ހުޅުމާލޭ ނެއިބަހުޑް ދޭ (ޗައިނާ ޓައުން)ގައި ތައުލީމީ ފަންޑުން ހަރަދުކޮށްގެން އެޅި ރެހެންދި ސުކޫލު ރަސްމީކޮށް ހުޅުވާފައިވަނީ 2015 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ