ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރަން ބަންގްލަދޭޝް ސަރުކާރާއި އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރު ދެނެގަތުމަށް އެކުލަވާލާފައިވާ ޖޮއިންޓް ވޯކިން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ފަށައިފި އެވެ.
ރާއްޖޭގެ ހެލްތް މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ މިބައްދަލުވުމުގައި ހެލްތް މިނިސްޓަރު އިރްތިޝާމް އާދަމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިބައްދަލުވުމުގައި ބަންގްލަދޭޝް ސަރުކާރުގެ ހެލްތް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ހެލްތް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރަން ދިވެހި ސަރުކާރުން ބަންގްލަދޭޝް ސަރުކާރާއި އެކު އެއްބަސްވުމެއްގައި ސޮއިކުރީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.
މި އެއްބަސްވުމުގައި ރާއްޖެއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމުގައި ބަންގްލަދޭޝް ސަރުކާރުން އެހީތެރުވުމާއި، ދިވެހި ކުދިންނަށް ޑޮކްޓަރު ކަން ކިޔެވުމަށް ބަންގްލަދޭޝްގެ ކޮލެޖުތަކާއި ޔުުނިވަސިޓީ ތަކުން ފުރުސަތު ހޯދައިިދިނުމާއި ދިވެހި ޑޮކްޓަރުން ތަމްރީންގެ ފުރުސަތުތައް ހަމަޖެއްސުމާއި، ދެ ގައުމު ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ނަރުހުންނާއި ފަންނީ މީހުން ބިނާކުރުމާއި، ރާއްޖޭގައި ކުރެވެން ޓެސްޓްތައް ހިލޭ ހަދައިދިނުމާއި ރާއްޖެއަށް ބޭނުންވާ ބޭސް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ފަދަ ކަންކަން ހިމެނެ އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވާ ތަރައްގީކުރަން މިދިޔަ އަހަރު ތަކުގައި ބަންގްލަދޭޝް ސަރުކާރުން ވަނީ އެކިއެކި އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ހާއްސަކޮށް އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ބަންގްލަދޭޝް ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމެއް ވެދީފައިވާއިރު މިދިޔަ ހަ އަހަރުގެ ތެރޭގައި ބަންގްލަދޭޝް އިން ވަނީ ރާއްޖެއަށް ސިއްހީ ދާއިރާއިން 110 ސްކޮލާޝިޕް ފުރުސަތު ދީފަ އެވެ.
ސިއްހީ ދާއިރާގެ ތަރައްގީއަށް ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ