ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ކުރިމަގު ޕްރީސްކޫލަށް 4 މޭޒު ހަދިޔާ ކޮށްފި

ހދ.ކުރިނބީ ކުރިމަގު ޖަމްއިއްޔާއިން ހިންގަމުން އަންނަ “ކުރިމަގު ޕްރީސްކޫލަށް” ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ނާޒިމް 4 މޭޒު ހަދިޔާ ކުރައްވައިފިއެވެ.
ކުރިނބީ ކައުންސިލްގެ ރައީސް މި ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ކުރިމަގު ޕްރީސްކޫލަށް ނާޒިމް ހަދިޔާކުރެއްވި މޭޒުތަކަކީ މެމްބަރު ނާޒިމް ކުރިނބީއަށް ކުރެއްވި ދަތުރުފުޅެއްގައި ކުރިނބީ ކައުންސިލާއި، ކުރިމަގު ޕްރީސްކޫލާއި އެކު ނާޒިމް ބޭއްވި ބައްދަލުވުމެއްގައި ޕްރީ ސްކޫލުން މޭޒުގެ ދަތިކަން ފާހަގަކުރައްވާފައިވާތީ، ނާޒިމް ހަދިޔާ ކުރައްވާފައިވާ މޭޒުތަކެއް ކަމަށެވެ.
ނާޒިމް ހަދިޔާ ކުރެއްވި 4 މޭޒު ކުރިމަގު ޕްރީސްކޫލާއި ހަވާލު ކޮށްދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައި ކުރިނބީ ކައުންސިލުންނެވެ. މިކަމަށްޓަކައި ކުރިމަގު ޖަމްއިއްޔާގެ ރައީސް ހުސައިން ސުޖާއުވަނީ ނާޒިމްއަށް ޝުކުރު އަދާކުރައްވާފައެވެ.
ކުރިމަގު ޕްރީސްކޫލަކީ މަޖިިލިސް އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ނާޒިމް ހަދިޔާކުރެއްވި ތަށިމުށިން އިތުރު ކުލާސްރޫމެއްގައި މުށިޖަހައި، މިއަހަރު ކިޔެވުން ފެށުނުއިރު އެއްދަންފަޅިއަށް ކިޔަވައިދޭން ފަށައިފައިވާ ޕްރީސްލެއްނަމަވެސް، ޕްރީސްލުގައި މިހާރުން މިހާރަށްވެސް ތަރައްޤީކުރަންޖެހޭ މުހިންމު ބައެއް ކަންކަން ހުރި ޕްރީސްކޫލެއްކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ