ސަރުކާރު މުޅިން ބަލިކަށިވެއްޖެ: އަބްދުﷲ ޝާހިދު

ބަލިމީހަކު ލައްވާ ކައްތިރިއެއް ޖައްސައިގެން ހިފެހެއްޓޭ ވަރަށް މިސަރުކާރު ބަލިކަށިވެފައިވާ ކަމަށާއި , ދެން ނުހިފެހެއްޓޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އަތޮޅުތަކުގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން ގދ.ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ދަނީ ބަލިކަށިވެ ރޫޅެމުން ކަމަށެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މިސާރުކާރަށް ނޫނެކޭ ބުނެ އަޑު އުފަލަމުންދާއިރު، ސަރުކާރާ ދެކޮޅަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ނުކޮށް ހުއްޓާނުލައްވާނެ ކަމަށާއި މިހާރު ބޮޑީ ރައްޔިތުންގެ އޮޑިކަން ޔަގީންވާ ކަމަށެވެ.
އިތުރަށް ޝާހިދު ވިދާޅުވީ ގާނޫނުއަސާސީގައި ސާފުސީދާ ދިވެހިބަހުން ކަންތައްތައް ކުރަންވާނެ ގޮތް ބުނެދީފައިވާއިރު، ކަންކަން ކުރަންވާނެ ގޮތް ބުނެދިނުމަށް ވަކީލަކު ބޭނުންނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ