ޕްރައިމަރީ އަކާއި ނުލައި ރައީސް ޔާމީނަށް 2018 ގެ ޓިކެޓު ހައްގު ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނިހާން މިރޭ ވިދާޅުވީ ރައީސް ޔާމީން ވަނީ ރާއްޖޭގެ ތަރައްގީއަށް މމިސަރުކާރުގެ މިވީ ކުޑަދުވަސްކޮޅު ތެރޭގައި ވަރަށް ގިނަ މަސައްކަތް ކުރައްވައި ކާމިޔާބީތައް ހޯއްދަވައި ދެއްވާފައި ކަމަށެވެ. އަދި ޕީޕީއެމްގެ ހުރިހައި އިސްމެންބަރުންނާއި ކައުންސިލްގެ ތާއީދު އެންމެ ފުރިހަމައަށް ރައީސް ޔާމީނަށް އޮތުމުން ޕްރައިމަރީ އަކާއި ނުލައި 2018ގެ ޓިކެޓް މިހާރުން މިހާރަށް އެމަނިކުފާނަށް އަރުވަން ޖެހޭ ކަމަށެވެ.
ނިހާން ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ނޫން އެހެން ބޭފުޅެއް 2018ގެ ރިޔާސީ ޕީޕީއެމް ފަރާތުން ވާދަ ކުރަން ޕީޕީއެމްގެ ތެރޭގައި ނެތް ކަމަށާއި އެމަނިކުފާނަށް މިހާރުން މިހާރަށް ޕާޓީ އިން ރިޔާސީ ޓިކެޓު ދޭން ޖެހޭކަމަށެވެ.
ނިހާން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކާކުކަން އަވަހަށް ނިންމައި އެކަމަށް މިހާރު ވެސް މަސައްކަތް ފަށަން ޖެހޭ ކަމަށާއި ސިޔާސީ ގޮތުން މިހާ ވާދަވެރި ދުވަސްވަރެއްގައި ރިޔާސީ އިންތިހާބަށް މިހާރު މަސައްކަތްތައް ފަށައި ނުގަތުމަކީ އެކަމުގެ ނުތަނަވަސްކަން ޕާޓީގެ މެންބަރުންގެ ތެރޭގައި ވެސް އުފެދިދާނެ ކަމެއް ކަމަށެވެ.
ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަށް ބަލައި ޕީޕީއެމްގެ ބައެއް ޢާންމު މެންބަރުން މިހާރުވެސް 2018ގެ ކެންޕޭނު ފަށާއިފައިވާކަންވެސް ނިހާން ވަނީ ފާހަގަކުރައްވައިފައެވެ.
ޕްރައިމަރީ އަކާ ނުލާ ރައީސް ޔާމީން އަށް 2018 ގެ ޓިކެޓު ހައްގު: ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ