އުރީދޫގެ އެމްޑީއަކަށް ނަޖީބު ޚާން

އުރީދޫގެ ސީއީއޯ ނަޖީބް ހާން — ސަން ފޮޓޯ/ ފަޔާޒު މޫސާ
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެކުންފުނީގެ ސީއީއޯ ނަޖީބް ހާން އައްޔަނު ކޮށްފިއެވެ.
ނަޖީބް މަގާމަށް އައްޔަނު ކުރީ ކުންފުނީގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހާލިދް އިބްރާހީމް އ. އަލް-މަހްމޫދު މަގާމުން ރިޓަޔަކޮށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ހާލިދު ވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އުރީދޫ މޯލްޑިވްސްގެ ޗެއާމަންގެ މަގާމް ފުރުއްވައިފައެވެ.
ހާލިދުގެ ލީޑަޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސް ވަނީ ޑިޖިޓަލައިޒޭޝަންގެ ރޮނގުން ގިނަ ކާމިޔާބީތައް ހާސިލުކޮށް ފައެވެ. ދިވެހި މުޖުތަމައުގެ ދިރިއުޅުން ފާގަތިކުރުމަށް ގިނަ މަސައްކަތްތަކެއް ހާލިދު ވަނީ ކޮށްދެއްވައިފައެވެ.
އުރީދޫގެ ސީއީއޯގެ މަގާމަށް ނަޖީބްހާން އައްޔަނު ކުރީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ