ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 5500ން މައްޗަށް، ރަނގަޅުވި މީހުން 3000ށް !

ރާއްޖެއިން އިތުރު 78 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ހުކުރު ދުވަހު އިތުރު 78 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ތެރޭގައި 46 ދިވެހިން ވެސް ހިމެނޭ ކަމަށެވެ. އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ 25 މީހަކާއި، އިންޑިއާއަށް ނިސްބަތްވާ 4 މީހެއްގެ އިތުރުން، ނޭޕާލް މީހަކާއި، ސްރިލަންކާއަށް ނިސްބަތްވާ 2 މީހެއްވެސް އޭގެ ތެރޭގައި ހިމެނޭކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ، ހުކުރު ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރެއިން 74 މީހުންނަކީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި މީހުން ކަމަށެވެ. އަދި ބާކީ ތިބި 4 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ.
އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 5572ށް އަރާފައެވެ. އަދި މިވަގުތު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 3010 އެވެ.
އެޗްޕީއޭއިން ބުނީ، މި ވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2540 ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ