ވޭތުވެދިޔަ ދެއަހަރެކޭ އެއްފަދައިން މިއަހަރުވެސް މައުމޫން ފައުންޑޭޝަންގެ ފަރާތުން ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމުގެ ޕްރޮގްރާމު ކުރިއަށް ގެންދާނެ ކަމަށް އެފައުންޑޭޝަނުން ބުނެފިއެވެ.
މައުމޫނު ފައުންޑޭޝަނުން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ ޕްރޮގުރާމު ހިންގުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.
މި ޕްރޮގުރާމުތަކުގައި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ގާރީންނާއި، އިލްމުވެރިން ބައިވެރިވެވަޑައިގެން ބައިވެރިންނާއި މުހާތަބު ކުރާނެ ކަމަށް އެފައުންޑޭޝަނުން މައުލޫމާތުދެއެވެ.
ރަމަޟާން މަސް އިހްޔާކުރުމުގެ ޕްރޮގުރާމު މައުމޫނު ފައުންޑޭޝަނުން މިއަހަރު ވެސް ކުރިއަށް ގެންދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ