ގައިދީ އަކު ދޫކުރީ އޮޅިގެނެއް ނޫން، ބަންދު އަމުރު ކޯޓުން ބާތިލުކުރުމުން: ކަރެކްޝަންސް

ގައިދީ އަކު އޮޅިގެން ދޫނުކުރާ ކަމަށާއި، ބަންދުން ދޫކޮށްލީ ކޯޓުން އަމުރު ކޮށްގެން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ކަރެކްޝަނަލް ސާވިސް އިން އޮޅިގެން ބަންދުން ދޫކުރި ކަމަށް މައުލޫމާތު ލިބިފައިވަނީ، 25 އަހަރަށް ޖަލަށް ހުކުމް ކޮށްފައި ހުރި މ. މުލަކަށް ނިސްބަތްވާ މުހައްމަދު ފަޔާޒެވެ.
އެމައްސަލައިގައި ކަރެކްޝަނަލް ސާވިސުން ބުނެފައިވަނީ އެމީހާ ބަންދުން ދޫކޮށްލާފައިވަނީ އޮޅިގެން ނޫން ކަމަށެވެ. އެހެން ނަމަވެސް އޭނާ ދޫކޮށްލުން ބަންދު އަމުރު ކޯޓުން ބާތިލްކޮށް މިނިވަންކުރުމަށް އަމުރުކުރުމުން ކަމަށް ކަރެކްޝަނަލް ސާވިސުން މައުލޫމާތު ދީފައިވެ އެވެ.
ކަރެކްޝަނަލް ސާވިސުން ބުނީ އޭގެ ފަހުން އަނެއްކާވެސް އޭނާ ބަންދުކުރުމަށް ކޯޓުން އިތުރު އަމުރެއް ކުރި ކަމަށާއި، އޭރު އޭނާ ހުރީ ކަރެކްޝަންސް އިން މިނިވަންކޮށްފައި ކަމަށެވެ. އަދި އެ ކޯޓު އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ އެހީތެރިކަމާ އެކު އޭނާ ހައްޔަރު ކޮށްފައިވާ ކަމަށްވެސް ކަރެކްޝަނަލް ސާވިސް އިން ބުނެ އެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށް އެދި ފުލުހުންނަށް ލިބިފައިވާ ކޯޓު އަމުރެއްގެ ދަށުން ޑިސެމްބަރު 11 ވަނަ ދުވަހު ފަޒާޔު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ޑިސެމްބަރު 14 ވަނަ ދުވަހު އޭނާ ދޫނިދޫ ކަސްޓޯޑިއަލާ ހަވާލުކޮށްފައިވާ ކަމަށާއި، ކަރެކްޝަނަލް ސާވިސްގެ ޖަލު ތަކުގައި ޖާގަ ނެތުމުން އޭނާ އަދިވެސް ހުރީ ދޫނިދޫ ކަސްޓޯޑިއަލްގައި ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ