ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް ބާއްވާ ފުޓްބޯޅަ މުބާރާތް ފަށައިފި

ދުވާފަރު ދާއިރާއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި 8 ޓީމް ވާދަކުރެއެވެ. އެއީ ގްރޫޕް އޭ ގައި ޑާރކް ޕާރކް، އުފުރާ ޔުނައިޓެޑް، ދަ ސިޓީ އަދި ޓީމް އައި.ޖީއެވެ. ގްރޫޕް ބީ ގައި ހިމެނެނީ ސިލްވަރ ޔުނައިޓެޑް، ބީޓްލްސް، ވޮރީސް އަދި ކްލަބް އިލެވެން އެޓޭކާރސްއެވެ.މުބާރާތް ފެށުމުގެ ގޮތުން މިއަދު ބައްދަލު ކުރީ ޑާރކް ޕާރކް އަދި އުފުރާ ޔުނައިޓެޑެވެ. މި މެޗްގެ ޝަރަފްވެރި މެހުމާނަކަށް ގެނެސްފައިވަނީ، ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤެވެ. މި މުބާރާތަކީ ދުވާފަރުގައި މިހާތަނަށް ބާއްވާ އެންމެ އަގު ބޮޑު ފުޓްބޯޅަ މުބާރާތްކަމަށް އިންތިޒާމު ކުރާ ފަރާތުން މައުލޫމާތު ދެއެވެ. އެގޮތުން މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާ ދޭންވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ