ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަން ބަދަލުކުރިއަސް ކުލީ ސިފައިން ގެނެސް ބަޣާވާތް ނުކުރާ ކަމަށް ވާނެތޯ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. މިއަދު ކުރެއްވި ޓުވީޓެއްގައި ޣައްސާން ވިދާޅުވީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަން ބަދަލުކޮށް އެމްއެންޑީއެފް ބަންޑާރަކޮށީ ހުޅަނގު ދެކުނު ފަރާތުގައި ވާ ޝަހީދުންގެ ބިނާ ނެގިޔަސް ނޮވެމްބަރު 3 ގައި ކުލީ ސިފައިން ގޮވައިގެން މާލެ އަރާ ބަޣާވާތް ނުކުރާ ކަމަށް ވާނެތޯ ސުވާލުރައްވާފައެވެ. އަދި އެ ދުވަހު ދިވެހި ޝަހީދު ނުކުރާ ކަމަށް ވާނެތޯ ޣައްސާން ސުވާލު ކުރެއްވިއެވެ. މިހާރު މަޖިލީހުގައި ކުރިއަށްދާ ފުލުހުންގެ ބިލުގެ ބަހުސްގައި ބަހުސް ކުރައްވަމުން އެމްޑީޕީ މެމްބަރުން ވަނީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަން ބަދަލުކުރުމަށް ގޮވާލާފައެވެ. އަދި ރައީސް ނަޝީދުވެސް ވަނީ އެ މޭރުމުން ވާހަކަ ދައްކަވާފައެވެ. ގިނަ ބަޔަކު ދަނީ މިކަންތައްތަކައް ފާޑު ކިޔަމުންނެވެ. 3 ނޮވެމްބަރު 1988 ގައި ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް އުޅުނު ހާޖަރާގެ އަބްދުﷲ ލުތުފީ ރައީސް ނަޝީދުގެ ވެރިކަމުގައި ފިލި މައްސަލަވެސް މިހާރު ބަލަމުންދާކަން ފާހަގަކޮށްލެވެއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ލުތުފީ ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރުވާލާފައެވެ. އޭނާ ފިލައިގެން ލަންކާގައި އުޅެމުންގޮސް، މިދިޔަ އަހަރު ލަންކާގައި ދެވުނު ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން ގަވާއިދާ ހިލާފަށް އުޅޭ މީހުން އެ ޤައުމުގެ ފުލުހުން ހައްޔަރު ކުރަން ފެށުމުން ވަނީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ވަދެ ފިލާފައެވެ. އޭނާ ރާއްޖެއަށް ގެނައީ އޭނާ ފިލާ ހުރިކަން ދިވެހިންނަށް ފަޅާ އެރުމުންނެވެ. ނޮވެމްބަރު 3 ގެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ވަރަށް ގިނަ މީހުންނަކީ މިއަދުގެ ސަރުކާރުގެ އިސް ފަރާތްތަކާއި ގުޅުން އޮންނަ މީހުންނެވެ. މިގޮތުން، ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ ބައްޕަ ސިއްކަ އަހްމަދު އިސްމާއިލް މަނިކަކީވެސް އެ ހަމަލާގައި ބައިވެރިވުމުގެ ކުށް ޝަރީއަތަށް ސާބިތުވެ އަދަބު ލިބިފައިވާ މީހެކެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަން ބަދަލުކުރިއަސް ކުލީ ސިފައިން ގެނެސް ބަޣާވާތް ނުކުރާ ކަމަށް ވާނެތޯ؟: ޣައްސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ