ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު މިހާރު ކަރަންޓު ޔަގީން ވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޢަބްދުﷲ ޔާމީން އެހެން ވިދާޅުވީ ހުވަދު އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގެ ތާރީހުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 24 ގަޑިއިރު ކަރަންޓު ޔަގީންވީ ކޮންއިރަތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.
"މަޑަވެލީގައި ތިއްބަވާނެ މިހާޒިރީގަ މިޖަލްސާގައި ތިއްބަވާނެ މަޑަވެލީގެ ކަރަންޓުވެސް ވަކިވަރަކަށް ދިއްލާފަ ރޭގަނޑުވެސް ނިވާލަން ޖެހޭ ނޫނިއްޔާ ދުވާލު ނުދިއްލަ މިހަނދާން ހުންނަ މީހުން ތިބޭނެ. އަދި ކުދިކުދި ރަށްރަށުގަ އެއްގޮތަކަށް ކަރަންޓެއް ނުހުންނާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި 24 ގަޑިއިރު ކަރަންޓު ޔަގީންވީ ސަރުކާރުގެ ކުންފުނިތައް ބާރުގަދަވުމުން ކަން ފާހަގަކޮށް އެސްޓީއޯއަކީ ހަމައެކަނި ކާޑު ގެންނަ ކުންފުންޏަކަށް ހަދައި އެތަނުން ކުރަމުން އަންނަ އެހެން މަސައްކަތްތައް ހުއްޓުވާލައިފިނަމަ ރާއްޖޭގެ ކޮންމެ ރަށެއްގައި ފާމަސީ ބަހައްޓަނީ ކިހިނަކުންތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.
ރައީސް އެސްޓީއޯ މިސާލަކަށް ނަންގަވާފައިމިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ބ.އޭދަފުށީގައި ވާހަކަ ދައްކަވަމުން މީރާ ހަމައަކަށް އަޅުވައި، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން މިހާރު ކުރަމުންދާ ބޮޑެތި ބައެއް ވިޔަފާރިތައް އާއްމުންނަށް ދޫކޮށްލައްވާނެ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.
"އެސްޓީއޯއިން ކުރަމުން އެގެންދާ ބައެއް ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ބޮޑު ބައި އަޅުގަނޑުމެން އާއްމު ވިޔަފާރިވެރިންނަށް ދޫކޮށްލާނަން. އެސްޓީއޯއަކީ ހަމައެކަނި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމައްޓަކާ ދައުލަތެއްގެ ފަރާތުން ރައްޔިތުންނަށް ކޮންމެހެން ކޮށްދޭން ޖެހޭ ކަންތައްތަކެއް ކުރާ ތަނެއްގެ ގޮތުގައި ބަދަލު ކުރާނަން،" އޭދަފުށީގައި އިދިކޮޅު ފަރާތްތަކުގެ ޖަގަހައެއް ހުޅުވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ.
ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓު ޔަގީންކޮށްދީފިން: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ