ސްކޫލް ކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކި މީހާ ޑީޕޯޓުކޮށްލަނީ

ސުކޫލް ކުދިން ތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ހައްޔަރުކުރި ބިދޭސީ މީހާ ޑީޕޯޓުކޮށްލުމަށް ނިންމައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސުކޫލް ކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާ ޑީޕާޓްކޮށްލުމަށް ޑިޕާޓްމަންޓް އޮފް އިމިގްޝަން އެންޑް އެމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މީހާ ޑީޕޯޓްކޮށްލުމަށް އިމިގްރޭޝަނާއި ހަވާލުކުރީ ބުރާސްފަތި ދުވަހު އެވެ. އަދި މިމީހާއަކީ ސްޕޮންސާއަށް ފިލައިގެން ގަވައިދާ ހިލާފަށް އުޅެމުންދާ މީހެކެވެ.
މިމީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ވެހިކަލެއްގެ ނިވަލުގައި ހުރެ ބަޔަކަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ޖިންސީ ގުނަވަން ދެއްކުމަށް ފަހު އޭނާ ވަނީ އައިޖީއެމްއެޗް ކައިރީގައި ޕާކްކޮށްފައި ހުރި ވެހިކަލް ތަކެއްގެ ތެރެއަށް ވަދެފައެވެ. ނަމަވެސް މަގުމަތީގައި ތިބި އާންމުންގެ މީހުން ވަނީ އޭނާ ހިފަހަށްޓާ ފުލުހުންނާއި ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ