އަދާލަތު ޕާޓީން 2018 ގައި ތާޢީދުކުރާނީ ކޯލިޝަން ސަރުކާރަކަށް!
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޙާބުގައި އަދާލަތު ޕާޓީން ތާޢީދު ކުރާނީ ކޯލިޝަން ސަރުކާރަކަށްކަމަށް އެޕާޓީން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.އެ ޕާޓީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކަށް ތާއީދުކޮށް، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޕާޓީތަކާ އެކު އެއްބަސްވެވޭ ޝަރުތުތަކާއެކު ކުރިއަށްދާން އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާ ކަމަށެވެ.އަދާލަތުން މިގޮތަށް ނިންމާފައި ވާއިރު، އިދިކޮޅު ޕާޓީތަކުން ވަކިވަކިން ކެންޑިޑޭޓުން ނެރެގެން ރައީސް ޔާމީންގެ މައްޗަށް ކުރި ނުހޯދޭނެކަމަށާއި އިންތިގާލީ ކެންޑިޑޭޓެއްގެ ގޮތުގައި 2018 ގެ އިންތިހާބަށް އެމްޔޫއޯއިން އެއް ކެނޑިޑޭޓަކު ނެރެން މަޝްވަރާކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވާފައެވެ.ނަޝީދު މިފަދައިން ގޮވާލެއްވިޔަސް އިދިކޮޅު އެހެން އެއްވެސް ޕާޓީއަކުން އަދި ސިޔާސީ ލީޑަރަކުވެސް އިންތިޤާލީ ކެނޑިޑޭޓަކާ ގުޅޭގޮތުން ވަކި ބަހެއް ބުނެފައެއް ނުވެއެވެ.2013 އިންތިހާބުގައި އަދާލަތު ޕާޓީން ކޯލިޝަން ހެދީ ވެރިކަން ކުރާ ޕީޕީއެމްއާ އެވެ. އެހެންނަމަވެސް އޭގެ ފަހުން އެޕާޓީން ވަނީ އިދިކޮޅު އެމްޑީޕީއާއި ގުޅިގެން ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ