އިންޑިއާ ވިސާ ހޯދުމުގައި ލުއި ގޮތެއް ހަމަޖައްސައި ދިނުމަށް ރައީސް މައުމޫނު އެދިވަޑައިގެންފި

އެކި އެކި ބޭނުންތަކަށް އިންޑިއާއަށްދާ ދިވެހިންނަށް ވިސާ ހޯދުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމަށް އިންޑިއާގެ ބޮޑު ވަޒީރު މަންމޯހަން ސިންގުގެ އަރިހުން ޕީޕީއެމްގެ ލީޑަރު ރައީސް މައުމޫނު އަބުދުލް ގައްޔޫމު އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫނު އެގޮތަށް އެދިވަޑައިގެންނެވީ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޮޑު ވަޒީރު މަންމޯހަން ސިންގާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ. މިބައްދަލުވުން އޮތީ ނިއު ދިއްލީގައި މިއަދު ހަވީރުއެވެ. މިބައްދަލުވުމުގައި ވިސާގެ ކަންތައްތައް ލުއި ގޮތަކަށް ހަމަޖައްސާ ދިނުމަށް އެދުމުގެ އިތުރުން، ޕީޕީއެމްގެ ވެރިކަމެއްގައި ފޮރިން އިންވެސްޓަރުންނަށް އިތުބާރާއި ޔަގީންކަން ހޯއްދަވައިދެއްވާނެ ކަމަށް ވެސް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫނު އިންޑިއާއަށް ވަޑައިގެންނެވީ އެމަނިކުފާނު އަމިއްލަފުޅު ދަތުރެއްގައި މެލޭޝިޔާގައި ހުންނެވުމަށްފަހުއެވެ.
ރައީސް މައުމޫނުވަނީ އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވުމުން އެގައުމުގެ ސަރުކާރުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ