މޫސުން ގޯސްވެ މަންތާ އެއާގެ ސީޕްލޭނަކަށް ބޮޑެތިގެއްލުންތަކެއް

މޫސުން ގޯސްވެ މަންތާ އެއާގެ ސީޕްލޭން އަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މަންތާ އެއާގެ ސީޕްލޭނަށް ގެއްލުންވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ ސީޕްލޭނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ސީޕްލޭންގެ ބޯޓުގެ ހަލްގެ އެންމެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުރި މަންޒަރު ވެސް މި ވީޑިއޯއިން ފެނިގެންދެއެވެ.
އޭވިއޭޓާސް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި މިހާދިސާ ހިނގަން މެދުވެރިވީ ސީޕްލޭން ޕްލެޓްފޯމުގައި އަޅާފައި އޮއްވާ ވާގަނޑު ކަނޑައިގެން ގޮސް ކަމަށެވެ.
ރާއްޖެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރަ އަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާތީ ކުރެވޭ ވިއްސާރައެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.
އެހެން ކަމުން ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ