ފުލުހުން އިންޓަވިއުގައި ދޮގު ހެދިކަން ސާބިތުވާ ވަރުގެ މައުލޫމާތު ރާއްޖެ އެމްވީ އިން ލީކް ކޮށްލުމުން، ފުލުހުންނަށް މައުލޫމާތާއި ހެކި ހުށައެޅުމަށް އެދިއްޖެއެވެ. މިގޮތަށް އެދިފައިވާއިރު، ފުލުހުންގެ ފަރާތުން ގޯތީގެ ވައްކަން ތަހްޤީގް ކުރަމުންދާ ޓީމުގެ އެންމެ އިސްފަރާތަށް ކޮރަޕްޝަނުގެ ތެރެއިން %10 ޑިސްކައުންޓާއި އެކު، އުސޫލުން ބޭރުން ވިނަރެސް ފްލެޓް ލިބިފައިވާކަން ހަސަން ކުރުސީގެ ފަރާތުން އެނގިފައިވެއެވެ. ނަމަވެސް އެކަމާއި ގުޅިގެން އޭނާ ވަޒީފާއިން ވަކި ކޮށްފައި ނުވެއެވެ. ހަމަ އެކަނި މަސްއޫލިއްޔަތުން ވަގުތީ ގޮތުން ދުރު ކޮށްލީއެވެ.
ފުލުހުންގެ ތެރޭގައި މި މައްސަލަ ބަލާ ޓީމުގައި މުއިއްޒު އާއި، ފަޒުލްގެ ފަރާތުން ކޮރަޕްޝަން ލިބިފައިވާ މިންވަރެއް ނޭނގެއެވެ. ނަމަވެސް، އެންމެ އިސްކޮށް ހުރި ފަރާތަށް އެފަދަ ފައިދާއެއް ލިބިފައި ވުމަކީ، ފުލުހުންގެ އިތުބާރު އެކަމުގައި ގެއްލިފައިވާ ކަމެކެވެ.
ފުލުހުން އޮންލައިންކޮށް ކާކު ކަން ނޭނގޭ ގޮތަށް މައުލޫމާތު ހުށައެޅޭނެ ކަމަށް ބުނެފައި ވީ ނަމަވެސް، މިފަދައިން ހުންނަ ގިނަ އޮންލައިން ފޯމުތަކުން އައިޕީ އެޑްރެސް ނަގައެވެ. އަދި އެ އައިޕީ އެޑްރެހުން ވަގުތުން މިހާ ހުންނަގެ ނުވަތަ ތަން ދަނެގަނެވޭނެއެވެ. އަދި ދިރާގު ނުވަތަ ޚިދުމަތް ދޭ ފަރާތުން އެ އައިޕީގެ ޚިދުމަތް ބޭނުން ކުރާ ފަރާތުގެ މައުލޫމާތުވެސް ދެނެގަނެވިދާނެއެވެ.
ފުލުހުން އިންޓަވިއުގައި ދޮގު ހެދިކަން ސާބިތުވާ ވަރުގެ މައުލޫމާތު ލީކް ވުމުން، ފުލުހުންނަށް މައުލޫމާތާއި ހެކި ހުށައެޅުމަށް ފުލުން އެދިއްޖެ! މި ގޮތަށް ހުންނަ ގިނަ އޮންލައިން ފޯމުތަކުން މައުލޫމާތު ދޭމީހާ ހުންނަ ތަން ދެނެގަނެވޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ