ފާފައެއް ކެރެވެނިކޮށް މަލަކުލްމައުތު މަރުހިއްޕަވަން ވަޑައިގެންފިކަމަށް ހީކުރެވި ސިހުން ލިބުނު ޒުވާނަކަށް އައި ބޮޑު ބަދަލު-

އަހުރެން އެއްދުވަހަކު ތަޢްލީމީ އިންސްޓިޓިޔުޓެއްގެ ލައިބްރަރީއަކަށް ވަނީމެވެ. ދަރިވަރުންތަކެއް ކޮމްޕިޔުޓަރުތަކެއްގެ ކުރިމަތީގައި ތިއްބެވެ. އެތަނުގައި އިން އެއްކުއްޖަކު ބަލަމުން ދިއައީ މުސްލިމުން ބެލުން ހުއްދަ މަންޒަރުތަކެއް ނޫނެވެ.
އޭނާ އެކަމުގެ ތެރެއަށް ގެއްލިފައި އިންދައި ފަހަތުން މަޑުމަޑުންގޮސް އޭނާގެ ކޮނޑުގައި ހިފައިލީމެވެ. ނުފެނި ހުރެ ސުވާލުކުރީމެވެ. "އަހުރެންނަކީ މަރުގެ މަލާއިކަތާއެވެ. ތިއައިނީ އަހުރެންނާއިއެކު ދާން ތައްޔާރަށް ހެއްޔެވެ؟" އެހިސާބުން އޭނާ ދިއައީ ސިއްސައިގެންނެވެ. 
ކޮންމެއަކަސް އޭނާއަށް އެވަޤުތު ކުރެވުނު އިޙްޞާޞްތަކުގެ ނަތީޖާ މިއަދު ފެންނަނީ އެންމެ އުފާވެރިގޮތުގައެވެ. މިއަދު އޭނާއަކީ ޒިންމާދާރުކަމާއިއެކު ޢާއިލީ ދިރިއުޅުމެއް އުޅެމުން އަންނަ ޒުވާނެކެވެ. އެންމެ ބޮޑު އުފާވެރިކަމެއް ލިބެނީ އޭނާއަކީ ދީނަސް ދަޢުވަތުދޭ މީހަކު ކަމަށްވުމުންނެވެ. 
އަހުރެން ބުނެލަން ބޭނުންވަނީ މީހަކަށް ކަމެއް ވިސްނައިދޭން ނަޞޭޙަތްދޭއިރުވެސް ވިސްނުންތެރިކަމާއިއެކު އެކަންކުރާށެވެ. އަނެކާއަށް ވިސްނައިދީގެން އިޞްލާޙްކުރުވަން މަސައްކަތްކުރާށެވެ. ޙިކުމަތްތެރިކަން އިސްކުރާށެވެ! ނަތީޖާ ފެންނާނީ އެއިރުންނެވެ. އިން ޝާ ﷲ 
- ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ