މޫސުން ގޯސްވާނަމަ ފްލައިޓް ގަޑިތައް ބަދަލުވާނެތީ ސަމާލުވާން އެދެފި

އެމްއޭސީއެލް އިން ބުނީ މި ދުވަސްވަރު މޫސުން ގޯސްކަމުން، ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކުން ފްލައިޓް ސްޓޭޓަސްއަށް ސަމާލުވެ ތިބުން މުހިންމު ކަމަށެވެ.
މޫސުން އިތުރަށް ގޯސްވާނަމަ ފްލައިޓްތައް ޑިލޭވުން އެކަށީގެންވާތީ، ސަމާލުވެ ތިބުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސެއް ކޮށްފި އެވެ. 
ރާއްޖޭގެ ހަ އަތޮޅަކަށް އޮރެންޖު ސަމާލު ނެރުމާއި ގުޅިގެން، އެމްއޭސީއެލް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފުރަން އެއާޕޯޓަށް ދަތުރުކުރާ ފަރާތްތަކުން ރައްކާވެ ތިބުމަށް އެދޭ ކަމަށާއި، ފްލައިޓް ޑިލޭވުން އެކަށީގެންވާނެތީ އެކަމަށް ސަމާލުވެ ތިބުމަށެވެ. މިއަހަރުގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ނިމެން ކައިރިވުމާ ގުޅިގެން، ޗުއްޓީއަށް އަތޮޅުތަކަަށް ދިޔަ ފަރާތްތަކުން މިހާރު ވަނީ އެނބުރި މާލެ އަންނަން ވެސް ފަށާފަ އެވެ. ނަމަވެސް މި ދުވަސްވަރު ކޮންމެހެން މުހިންމު ނޫން ދަތުރެއް ފިޔަވައި، ކަނޑު ދަތުރުތައް ނުކުރުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސް ކުރެ އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ މިއަދު މެންދުރު 12:00 އާ ހަމައަށް ވ. އަތޮޅުން ބ. އަތޮޅަށް މޫސުން ގޯސްވާނެތީ އޮރެންޖު ސަމާލު ނެރެފަ އެވެ. މެޓް އޮފީހުން ބުނީ އަންނަ ހުކުރުން ފަހުން ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވޭކަަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ