100 ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރަމުންދާ ޖެންޑަރ ވުޒާރާއަށް ވެއްދި ސިޔާސީ މީހުންގެ އަދަދު 65 އަށް! އެއް ކޮޓަރިއަކަށް 5-6 މީހުން ވަނީ ވައްދާފަ! މުވައްޒަފުންނަށް ބޭނުންވާވަރަށް ގޮނޑި މޭޒާ ކޮމްޕިއުޓަރުތަކެއް ނެތް!

ސިވިލް ސާވިސްގެ 100 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ޖެންޑަރ މިނިސްޓްރީއަށް މިސަރުކާރުން މިހާތަނަށް ވައްދާފައިވާ ސިޔާސީ މީހުންގެ އަދަދު 65 އަށް އަރައިފިއެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން ޖެންޑަރ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ މިނިސްޓްރީއަށް ވައްދަމުންދާ ސިޔާސީ މީހުންގެ އަދަދު ގިނަވެ, ޖާގަ ނެތިގެން މިނިސްޓްރީގެ އެކި ކޮޓަރިތަކަށް 5-6 މުވައްޒަފުންވެސް މިހާރު ވަނީ ވައްދާފައެވެ.
އަދި މުވައްޒަފުންނަށް ބޭނުންވާވަރަށް ގޮނޑި މޭޒު ނެތިގެން ބައެއް މުވައްޒަފުން އެއް މޭޒެއް ޝެއަރ ކުރަން ޖެހިފައިވާއިރު ބައެއް މުވައްޒަފުންނަށް ބޭނުންވާވަރަށް ކޮމްޕިއުޓަރ ސިސްޓަމްތައްވެސް ނެތްކަމުގައި “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވެފައި ވެއެވެ.
މި ސަރުކާރު ހިމެނިގެން ގޮސްފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނަ ސިޔާސީ މަގާމްތައް ދިން ސަރުކާރު ކަމުގައެވެ. އަދި ސިޔާސީ ގިނަ މަގާމްތަކަށް އައްޔަން ކޮށްފައިވަނީ ކަމަށް ގާބިލް ނޫން މީހުންކަންވެސް ފާހަގަ ކޮށްލެވެއެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވިދާޅުވެފައިވަނީ ސިޔާސީ މަގާމްތައް ކުރީ ސަރުކާރަށްވުރެ ގިނަ ނުކުރާނެ ކަމަށާއި އެންމެ ގިނަވެގެންވެސް ތިބޭނީ 700 ސިޔާސީ މުވައްޒަފުން ކަމުގައެވެ. އެހެންނަމަވެސް, މައުލޫމާތު ލިބިފައިވާ ގޮތުގައި މިސަރުކާރުން ވަޒީފާ ދީފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދި މިހަރު 3,000 އާއިވަނީ ގާތް ވެފައެވެ.
އަދި ސިޔާސީ މުވައްޒަފުންގެ އަދަދު އޮޅުވާލުމުގެ ގޮތުން ވަޒީފާ ދެމުންދާ އެކްޓިވިސްޓުގެ އަދަދުތައްތަކާއި އެމީހުންގެ މައުލޫމާތު މިސަރުކާރުން ވަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރުން ހުއްޓާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ