މީގެ ފަސްދޮޅަސް އަހަރުކުރިންވެސް އޮތް ކައިރީ ރަށްތަކުން ޚަޠީބުން ގެނެސް ހުކުރުކުރުކުރުމުގެ ޙާލަތު ބަދަލުކޮށްލަން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ!: ޑރ. ޝަހީމް

ޒުވާން ޚަތީބުންވެސް އަޅުގަނޑުމެންގެ، ކޮންފަދަ ރީތިކޮށް ޤުރުއާން ކިޔަވާ ޒުވާން ޚަތީބުން ތާކިހާ ކޮޅު ތުރުކުރައްވައިގެން، ހުކުރު މިސްކިތުގަ މިންބަރުގަ ޚުތުބާދޭތަން އަޅުގަނޑުމެންނަށް ފެނުން. މީގެ މާނައަކީ އަޅުގަނޑުމެންގެ ޤައުމް މިއޮތީ ވަރަށް ހެޔޮ ދިމާލެއްގައޭ އިރާދުކުރެއްވިއްޔާމު. އަޅުގަނޑުމެން ރަށްރަށަށް ޒިޔާރަތް ކުރީމަ ރަށްރަށުން ކުރި ޝަކުވާއަކީ އެއީ، ޚުތުބާ ކިޔާ މީހުންތައް މަރުވެ ދަނީއޭ. ދުނިޔޭގަ ތިބި މުސްކުޅި ބޭފުޅުންނޭ ތިއްބެވީ. މީގަ ދަތިކަން އެބައޮތޭ. ބައެއް ރަށްރަށުން ބުނީ ތިމަންނަމެން ޚުތުބާ ކިޔަން މީހަކު މި ގެންނަނީ ޖެހިގެން އޮތް ރަށަށް މީހަކު ފޮނުވައިގެން މީހަކު ގެނެސްގެންނޭ. 
މީ މީގެ 60 އަހަރު ކުރިން ރާއްޖޭގެ ހާލަތު އޮތްގޮތަ. ބައެއް ހިސާބުތަކުގަ އޮތް ވާހަކަ އަޅުގަނޑު މި ދަންނަވަނީ. މާނައަކީ އެންމެ ރަނގަޅަށް އެ ހިސާބު ގަނޑުގަ ނެތޭ އެ މަސެއްކަތް ފޯކަސް ކުރެވިގެން ކުރެވިފައެއް. 
އެކަމަކު ރަށުގަ އެބަ ތިއްބޭ އޯލެވެލް ހަދާފަ، އޭލެވެލް ހަދާފަ ކިޔަވާފަ ތިބި ކުދިން. ޤުރުއާން ކިޔަވާފަ ތިބި ކުދިން. ރީތިކޮށް ޤުރުއާން ކިޔަވާ ކުދިން. މި ޤުރުއާން މުބާރާތުގަ ވަނަ ހޯދާ ހަމަ ރީތިކޮށް ކިޔަވާ، ބައިނަލް އަޤުވާމީ މުބާރާތްތަކަށް ގޮސް ވަނަ ހޯދައިގެން އަންނަ ހުރިހާ ކުދިންތައް ކޮބާ؟ މި މީހުންތައް ވަކި ހިސާބަކުން ގެއްލެނީ އެ ފުރުސަތު ނެތީމަ. އަޅުގަނޑުމެން އެފުރުސަތު މި ހުޅުވާލީ. އޭގެ ތެރޭގަ އެބަތިބި ވަރަށް މޮޅެތި ކުދިން، ކިޔަވާފަ ތިބި ކުދިން. ވަރަށް މޮޅަށް ކިޔަވާފަ ތިބި ކުދިން، އިސްލާމްދީނުގެ މައުލޫމާތު. ގްރޭޑް 8،9،10،11،12 ނިންމާފަ ތިބޭ ދަރިވަރުންނަކީ އިސްލާމީ މައުލޫމާތަށް ވަރަށް މޮޅެތި ކުދިންނަށް ވާނެ.އަޅުގަނޑުމެން ބައެއް ފަހަރުގަ ކޮލެޖުގަ ކިޔަވާ ބައެއް މައުލޫމާތު އެބަހުރި ރާއްޖޭގެ އިސްލާމީ މުޤައްރަރުތެރޭގަ. އެހެންމަ ކިހާ މޮޅުވާނެ. ކިހާ މޮޅުވާނެ އެކުދިން.  
އަޅުގަނޑުމެން އުމުރުން 13 އަހަރުގަ އިމާމު ކަން ކުރަން ފަށައިފީމު އޭރުގަ އަދި. އަދި މިހާރު ކުދިން ކިހާ މޮޅުވާނެ. އެހެންވީމަ މީހަކު އުމުރާ ގުޅިފަ ހުންނަ ކަމެއް ނޫނޭ އެއީކީއެއް. ބާލިޣުވެފަ ތަސައްރަފު ފުދިފަ ތިބީމަ، ކިޔަވަން އިނގިފަ އިސްލާމްދީނުގެ މައުލޫމާތު އިނގުނީމަ އިމާމް ކަން ކުރެވޭނެ. އެ މައުލޫމާތު އެއީ ޕައިލެޓެއްގެ ކިބައިގަ ހުއްޓަސް، ޑޮކްޓަރެއްގެ ކިބައިގަ ހުއްޓަސް އޭނައަށް އިތުރު ކުރިއެރުމެކޭ އެއީ ލިބޭ. ކޮންމެހެން އިމާމުކަން ކުރަންޖެހޭނީކީއެއް ކޮންމެހެން މުދިމު ކޯހެއް ހަދައިގެން ހުންނަ މީހާއެއް ނޫނޭ. ޑޮކްޓަރަކަށްވެސް، ޓީޗަރަކަށްވެސް، ޕްރޮފެސަރަކަށްވެސް ނޫނިއްޔާމު އިންޖިނިއަރަކަށްވެސް އިމާމްކަން ކުރެވިދާނެ. އެ ޢިލްމު ހުރެއްޖެއްޔާމު. ރާއްޖޭގަ އެބަތިބި މެޑިކަލް ޑޮކްޓަރުންވެސް އިމާމުކަން ކުރައްވާ. އެއީ އެބޭފުޅުންގެ ޝަޚްސިއްޔަތަށް އަންނަ އިތުރު ފުރިހަމަ ކަމެއް އެއީ.  
އެހެންވީމަ އަޅުގަނޑު އެދެނީ ބައެއް ޒުވާނުން ތިބޭ ޖެހިލުންވެފަ ތިމަންނަ މިއުޅޭނީ މެޑިސިން ދާއިރާއިން ކުރިއަށް ދާންށޭ، ތިމަންނައަށް ހަމަ އިމާމުކަން ކުރެވޭނެ ހެއްޔޭ. އެއީ މީހުން ރާއްޖޭގަ އުފައްދާފަ އޮތް ސަގާފަތެއް އެއީ ނުކުރެވޭނެ ކަމަށް ދެކެމުން އައީ. އެކަމަކު އޭގެ ޖަވާބަކީ ކުރެވޭނެއޭ. ޑޮކްޓަރަކަށް ވިޔަސް ޚުތުބާ ދެވޭނެޔޭ. އެއީ އެކަމުގެ މައުލޫމާތު ހުރިއްޔާމު. ކޮންމެހެން ނުޖެހޭނެ ޝަރިއްޔާ ޑިގްރީއެއް ހަދާކަށް. އެކަމަކު ސާނަވީ ފެންވަރަށް ތައުލީމު ހުރެއްޖެއްޔާމު ނަމާދު ކުރަންވީ ގޮތް އެނގޭ މީހަކަށް އެހެން މީހުންނަށް ނަމާދު ކޮށްދޭން އެނގޭނެ، އެހެންނޫންތޯ. ޚުތުބާ ކިޔަން އެނގޭނެ. އެހެންމަ ޒުވާނުންވެސް އަޅުގަނޑު އެދެނީ މި ފުރުސަތުގެ ބޭނުން ހިފާށޭ. އަޅުގަނޑު ވަރަށް އުފާވޭ ޒުވާނުން ޚުތުބާ ކިޔާތަން ފެނުނީމަ. ވަރަށް ގިނަ މީހުންގެ ފަރާތުން އަޅުގަނޑަށް މެސެޖް ލިބުނު ވަރަށް ރަނގަޅު ކަމެކޭމީ. އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ އެ ރަނގަޅު ކަންތައް އެގޮތުގަ އަޅުގަނޑުމެން ދަމަހައްޓާނަން.  
- އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިނިސްޓްރީގެ މަސައްކަތްތަކާބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ