ސަރުކާރާ އަމިއްލަ ފަރާތްތަކުގެ 52 މަޝްރޫޢު މިހާރުވެސް އެބަ ކުރިއަށްގެންދެވޭ!: ޑރ. ޝަހީމް

ދެން އަޅުގަނޑު ބަލާލާނީ މިހާރު މިނިސްޓްރީގެ މަޝްރޫއުތަކަށް. މަޝްރޫއުތަކުގެ ވާހަކަ ދައްކާއިރުގަ މިހާރު ހިނގަމުން އެބަދޭ 42 މަޝްރޫއު މި މިނިސްޓްރީގެ ދަށުން. 42 މަޝްރޫ ކުރިއަށް އެބަދޭ. އޭގެ ތެރޭގަ ކީރިތ ޤުރުއާނާބެހޭ މަރުކަޒަކާއި، އެއީ ފުވައްމުލަކުގަ ޤާއިމް ކުރެވޭ މަރުކަޒް އަދި އިސްލާމިކް ސެންޓަރު، އައްޑޫ ސިޓީގެ އިސްލާމިކް ސެންޓަރާއި އަދި ދިއްދޫ އިސްލާމިކް ސެންޓަރުގެ މަސެއްކަތް ކުރިއަށް އެބަދޭ. މީގެ ތެރެއިން ބައެއް މަޝްރޫއުތަކަކީ އަޅުގަނޑުމެން ސަރުކާރު ހަވާލުވީއިރުގަ ބައެއް މިސްކިތްތަކުގަ މަސެއްކަތްތައް ހުރީ އެކި ސަބަބުތަކާހުރެ ހުއްޓިފަ. 
އަޅުގަނޑު ބޭނުމެއް ނޫން ކުރީގެ ސަރުކާރަކަށް އެއްވެސް ބަހެއް، އުނިބަހެއް ރައްދުކުރާކަށް މިއަދު މި މަޤާމުގަ ހުރެއެއް. އިދާރީގޮތުން ނުވަތަ އެހެންވެސް ސަބަބުތަކާ ހުރެއެކި ރަށްރަށުގަ ހުރި މަޝްރޫއުތަކެއް ހުއްޓިފަ. ހުއްޓިފައޭ މި ދަންނަވަނީ، އަޅަން ފަށާފަ ހުރި ވަކި ހިސާބަކުން މަސެއްކަތް ކުރިއަށް ނުދެވިފަހުރި ތަންތަން، މަޝްރޫއުތައް ހުރި އެކި ސަބަބުތަކާ ހުރެ. އެކަންކަން ހައްލުކޮށް އިދާރީގޮތުން ހުރި ސަބަބެއް ވިއްޔާ އެކަމެއް ހައްލުކޮށް، އެހެން ފައިސާގެ ބިލްތައް ނުދެއްކިފަހުރި ސަބަބެއް ވިއްޔާ އެކަމެއް ހައްލުކޮށް މިހާރު އެ މަޝްރޫއުތައް ފަށައިގެން ކުރިއަށް އެބަދޭ.  
ދެން ބަޖެޓްހަދާފަ ހުންނަ އިރުގަ، މިއަހަރު ބަޖެޓް ކޮށްފަ ހުރިއިރުގަވެސް މިސްކިތްތަކަށް ހުރެދާނެ ދެމިލިއަން ރުފިޔާ އަރާ ތަނަކަށް އެއްލައްކަ ރުފިޔާ ޖަހާފަވެސް. މިސާލެއް އަޅުގަނޑު މި ދެންނެވީ. އެހެން އެކަން ކޮށްފަ ހުރީމަ އޭގަ އެބަހުރި މާލީގޮތުން ތަރުތީބު ކުރަންޖެހޭ ކަންތައްތައް ތަރުތީބު ކުރުމުގަ ދަތިތަކެއް. އެހެން ނަމަވެސް މިހެން ހުރި ކަންތައްތައް ހައްލުކޮށްގެން އިންޝާﷲ މިމަޝްރޫއުތައް ނިންމަން އަޅުގަނޑުމެން މިވަނީ މަސެއްކަތް ފަށާފަ. މިހާރުވެސް އެހެން ހުރި ބައެއް މަސެއްކަތްތައް ލަސްވެފަ ނޫނީ ހުއްޓިފަ ހުރި ކަންކަން އަލުން ހިތްވަރުލާފަ ފަށައިގެން ނިންމާފަވެސް ހުންނާނެ. މިސާލަކަށް ފުވައްމުލަކު ހުދާ މިސްކިތުގެ މަޝްރޫއަކީ ވަރަށް ގިނަ ދުވަސްވެފަ ހުރި މަޝްރޫއެއް. އަޅުގަނޑުމެން ސަރުކާރު ހަވާލުވީއިރުގަވެސް ހަމަ މަޑުޖެހިފަ އަދި މަސެއްކަތް ކުރިއަށް ނުގޮސް މިހެން ހުރި އެކި ތަންތަން، ލަސްވެފަ ހުރި ތަންތަން ފަށާ، އާ ހިތްވަރަކާއެކު ފަށާ ދަތިތައް ހައްލުކޮށް، ބިލްތައް ދައްކާ އެ މަޝްރޫއުތައް ނިންމަމުން ދިޔައީ. އެގޮތުން މިހާރު ބައެއް ތަންތާގަ މަޝްރޫއުތައް ނިމި އެ މިސްކިތްތައް ހުޅުވި ފަށައިގެން ކުރިއަށް އެދަނީ.  
ދެން އަމިއްލަ ފަރާތްތަކުންވެސް 10 ޕްރޮޖެކްޓެއް މިހާރު ވަނީ ހަވާލުކޮށްފަ. އޭގެ ތެރޭގަ މާލޭގެ އޭރިއާގެ އަދި މާލޭގެ ސީދާ 2 މަޝްރޫއަކާ ހުޅުމާލޭގެ މަޝއްރޫއުތައް ހިމެނޭ. ދެން ހުޅުމާލޭގެ ފޭސް2ގަ  ބިނާކުރެވެމުން ދާ، އަމިއްލަ ފަރާތްތަކުން ބިނާ ކުރަމުންދާ ދާއިމީ މިސްކިތްތައް އިރާދުކުރެއްވިއްޔާމު މިއަހަރާ  މިއަންނަ އަހަރުތެރޭގަ ގިނަ ތަންތަން ހުޅުވޭނެ އިންޝާﷲ. އެއީ ވެގެން ދާނެ ރާއްޖޭގެ ސިޓީއެއްގަ ނުވަތަ ރަށެއްގަ ހުރި އެންމެ ރީތި މިސްކިތްތައް ހުރި ތަނަކަށް ހުޅުމާލެ ފޭސް 2 ވާނެ. އެއީ އެތާގަ އެ އަޅަމުންދަނީ ވަރަށް އަގުބޮޑު އަދި ވަރަށް ރީތި މިސްކިތްތަކެއް. އަޅުގަނޑު ވަރަށް ބޮޑަށް މި ފުރުޞަތުގަވެސް ޝުކުރު ދަންނަވަން އަމިއްލަ ފަރާތްތަކަށްވެސް ސަރުކާރާ އަދި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މި މަސެއްކަތް ކުރިއަށް ގެންދާ ހުރިހާ ފަރާތްތަކަށް.  
އަޅުގަނޑުމެން ވަރަށް ބޮޑަށް މަސެއްކަތް ކުރާނަން މަޝްރޫއުތައް ވީހާވެސް އަވަހަކަށް ނިންމޭތޯ. ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެވެސް ވަރަށް ޚާއްސަ އިރުޝާދެއް އެއީ މިސްކިތްތައް އަވަހަށް ނިންމުން، މަޝްރޫއުތައް އަވަހަށް ނިންމުން. ދެން އެނގިވަޑައިގަންނަވާނެ މީގަ މާލީގޮތުން ހުންނަ ދަތިތައް އިޤްތިޞާދީ ގޮތުން ޤައުމު އޮތް ހާލަތު. އެހެންމަ އަޅުގަނޑުމެންވެސް އެންމެ ބޭނުންހާ އަވަހަކަށް ކަންކަން ނުކުރެވޭ. އެހެން ނަމަވެސް ލަސްވުމުގެ އިޙްސާސުނުވެ ކަންކަން ނިންމޭތޯ އަޅުގަނޑުމެން ބަލާނަން. އަދި ރާއްޖެއިން ބޭރުގެވެސް އެހީތެރިކަމަށް އަޅުގަނޑުމެން އެދެމުން މިދަނީ.  
- މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ