ފާރިސްއަށް ތާއީދު ކުރަނީ ދަރިކަލަކަށް ވީތީއެއް ނޫން، ގާބިލް ވީމަ: މައުމޫން

"އަހްމަދު ފާރިސް މައުމޫނަކީ އަމިއްލަ ފައިދާއަށްޓަކައި ގައުމު ވިއްކާލާނެ މީހެއް ނޫން. އޭނާއަކީ ދޮގު ހަދާ މަކަރާ އޮޅުވާލާނެ މީހެއް ނޫން. އޭނާ ވާނީ އަބަދުވެސް ތެދުވެރިއަކަށް، އިހްލާސްތެރި އަކަށް،"
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފާރިސް މައުމޫނަށް ތާއީދު ކުރެއްވުމަށް ނިންމެވީ އެއީ ދަރިކަލަކަށް ވެވަޑައިގަންނަވާތީ ނޫން ކަމަށް ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެެއްޖެ އެވެ.
މައުމޫން ވަނީ ދަރިކަލުން ފާރިސް މައުމޫނަށް ވޯޓް ދެއްވުމަށް އެދިވަޑައިގެން ހާއްސަ ވީޑިއޯ މެސެޖެއް އާންމު ކުރައްވާފައެވެ.އެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ ފާރިސް މައުމޫނަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގާބިލްކަން ހުރި ބޭފުޅެއް ކަަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މީގެ ކުރީން ވެސް ގައުމީ ހިދުމަތުގައި ފާރިސް ދައްކާފައިވަނީ ނަމޫނާއެއް ކަމަށް ވިދާޅުވި އެވެ.މައުމޫން ވިދާޅުވީ ފާރިސްއަށް ތާއީދު ކުރައްވަނީ އެއީ ދަރިކަލަކަށް ވެވަޑައިގަތުމުން ނޫން ކަމަށާ ފާރިސް އަކީ ގާބިލް ބޭފުޅަކަށް ވެވަޑައިގަތުމުން ކަމަށެވެ. އަދި ފާރިސް އަށް ތައުރީފު ކުރައްވާ ވިދާޅުވީ އެއީ އެމަނިކުފާނު ގަބޫލު ކުރެއްވި ސިޔާސަތުގެ ބޭފުޅެއް ކަމަށެވެ. އަދި ސިޔާސީ ގޮތުން އެމަނިކުފާނާއެކު ހުރިހާ ކަމެއްގައި އުޅެފައިވުމަކީވެސް ފާރިސްއަށް ތާއީދު ކުރައްވާ ސަބަބެއް ކަމަށެވެ."އަހްމަދު ފާރިސް މައުމޫނަށް އަޅުގަނޑު ތާއީދު ކުރަނީ އަޅުގަނޑުގެ އުފަން ދަރިއަކަށް ވީތީއެއް ނޫން. އަޅުގަނޑު އަހްމަދު ފާރިސް މައުމޫނަށް ތާއީދު ކުރަނީ އޭނާ އަޅުގަަނޑު ގަބޫލުކުރާ އުސޫލުތައް ގަބޫލު ކުރައްވާތީ،"މައުމޫން ވިދާޅުވީ ގައުމާއި ރައްޔިތުންގެ ހައްގުގައި މަޖިލީސްތެރެއިން ފާރިސް ކުރެއްވި މަސައްކަތުގެ ސަބަބުން ސަރުކާރުގެ އަނިޔާވެރިކަމާއި ކުރިމަތިލާން ވެސް ޖެހިވައިގެން ކަަމަށެވެ. އެ އިޝާރާތް ކުރައްވާ ފާރިސްގެ ބޮޑުބޭބޭފުޅު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެތައް މަސް ތަކެއް ވަންދެން ޖަލުގައި ހޭދަ ކުރެއްވި ކުރެެއްވުމަށެވެ.އެ އަނިޔާތަކާއެކު ވެސް ފާރިސް ފަހަތަށް ޖެހިވަޑައިގެންފައި ނުވާ ކަމަށާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ފާރިސް މައުމޫން އިންތިހާބު ވެވަޑައިގެންފިނަމަ ވެސް އެ ސާބިތު ކަމާ ހިތްވަރާއެކު ހިދުމަތުގައި ހުންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މައުމޫން ވިދާޅުވި އެވެ."އަހްމަދު ފާރިސް މައުމޫނަކީ އަމިއްލަ ފައިދާއަށްޓަކައި ގައުމު ވިއްކާލާނެ މީހެއް ނޫން. އޭނާއަކީ ދޮގު ހަދާ މަކަރާ އޮޅުވާލާނެ މީހެއް ނޫން. އޭނާ ވާނީ އަބަދުވެސް ތެދުވެރިއަކަށް، އިހްލާސްތެރި އަކަށް،"މައުމޫން ވަނީ ފާރިސް މައުމޫނަށް ވޯޓް ދެއްވުމަށް ރައްޔިތުންގެ ތެރެއިން އެދިވަޑައިގެންފައެވެ. ސެޕްޓެންބަރު ނުވަވަނަ ދުވަހުގެ އިންތިހާބުގައި ފާރިސް ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. ފާރިސްގެ ކެންޑިޑޭޓް ނަންބަރަކީ ހައެެކެވެ. ފާރިސްގެ ރަނިންމޭޓަކީ ޑރ. އަބްދުއްސައްތާރު ޔޫސުފެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ