ރިސޯޓުތަކެއް ތަރައްގީކޮށް، ރައްޔިތުންނަށް ހިއްސާ ބަހައި، ޑޮލަރުން ފައިސާ ބަހަން މުއިއްޒު ވައުދުވެވަޑައިގެންފި ރިސޯޓުތަކެއް ތަރައްގީކޮށް، ރައްޔިތުންނަށް ހިއްސާ ބަހައި، ޑޮލަރުން ފައިސާ ބަހަން މުއިއްޒު ވައުދުވެވަޑައިގެންފި

ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް، އެ ރިސޯޓުގެ ހިއްސާ ރައްޔިތުންނަށް ހަމަހަމަކޮށް ބަހައި، ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާކޮށްދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ސީދާ ރައްޔިތުންނަށް ފައިސާ ލިބޭނެ ގޮތަށް ރިސޯޓުތަކެއް ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
"މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ދޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ހަމަހަމަކަމާއެކު އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ދަށުން ސަރުކާރުން ތަރައްގީ ކުރާ ހުރިހާ ރިސޯޓެއްގެ ހިއްސާ ގާނޫނަކުން ހުރިހާ ރައްޔިތުންނަށް ވެސް ބަހައިލައްވާނެ ކަމަށެވެ.
"އަދި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއް ކަމުގައި ހަމަހަމަކަމާއެކު ގާނޫނަކުން ކަނޑައަޅައި ހަމަޖައްސާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ތަފުސީލު އަންނަނީ ---
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ