މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ޒަމްއަތު އަހުމަދު ވަހީދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ،
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށް 89 ޕަސަންޓާއެކު އެންމެ މަތިން މާކްސް ލިބުނު ޒަމްއަތު ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަނުކުރަން މަޖިލީހުގެ ތަޅުމުން ފާސްކުރީ 56 މެންބަރުންގެ ވޯޓުންނެވެ.
ބްރޯޑްކޮމްގެ މެންބަރު އާމިނަތު އަމީނާގެ ދައުރު ހަމަވުމުން، އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ޒަމްއަތު ހިމެނޭ ގޮތަށް ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ.
މިގޮތުން އެ ހަ ބޭފުޅުންނާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށް 75 ޕަސަންޓަށްވުރެ މަތިން މާކްސް ލިބުނީ ޒަމްއަތުގެ އިތުރުން 85 ޕަސަންޓު ހޯއްދެވި ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރު އަދި 77 ޕަސަންޓު ހޯއްދެވި އައްޑޫ އޮންލައިންގެ ފައުންޑާ ޝިމްލާ އަހުމަދު އެވެ.
މިގޮތުން އެ ތިން ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވައި އެންމެ ފުރަތަމަ ވޯޓަށް އެހީ ލިސްޓުގެ ތަރުތީބުންނެވެ. މިގޮތުން ޒަމްއަތުއަށް 56 މެންބަރުން ވޯޓު ދިނުމާއި ގުޅިގެން ބާކީ ދެ ބޭފުޅުންގެ ނަމަށް ވޯޓަށް އަހާފައެއް ނުވެ އެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ޒަމްއަތު މީގެ ކުރިން ވެސް ކުރިމަތިލާފައިވެ އެވެ. ނަމަވެސް އެފަހަރު އޭނާއަށް އިންޓަވިއުއިން ލިބުނީ 77.50 ޕަސަންޓެވެ.
އެފަހަރު ވޯޓުގައި އެންމެ ގިނައިން މާކްސް ހޯއްދެވި ޒީނާގެ ނަމަށް ވޯޓަށް އެހި ނަމަވެސް، މަޖިލީހުން ފާސްކުރީ ހަތަރުވަނައަށް އެންމެ ގިނައިން މާކްސް ހޯއްދެވި ކުރީގެ ޕްރެޒެންޓަރު މޫސާ ރިލްވާން އެވެ.
ބްރޯޑްކޮމްގެ މެންބަރަކަށް ޒަމްއަތު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި ބްރޯޑްކޮމްގެ މެންބަރަކަށް ޒަމްއަތު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ