ތިނަދޫ ސިޓީ ކައުންސިލަށް އޭސީސީން ވަނުމުން، ކައުުންސިލުން ބުނީ ބަޔަކު ވަދެ ވައްކަން ކުރީ ކަމަށް ތިނަދޫ ސިޓީ ކައުންސިލަށް އޭސީސީން ވަނުމުން، ކައުުންސިލުން ބުނީ ބަޔަކު ވަދެ ވައްކަން ކުރީ ކަމަށް

ތިނަދޫ ސިޓީ ކައުންސިލަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނުމުން، އޮފީހަށް ވަނީ އޭސީސީއިން ކަން ބަލައިނުގަނެ، ބަޔަކު އޮފީހަށް ވަދެ ވައްކަން ކޮށްފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ތިނަދޫ ސިޓީ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އޭސީސީގެ ނަމުގައި ބަޔަކު ކައުންސިލް އޮފީހަށް ވަދެ ވައްކަން ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކައުންސިލުގެ ގިނަ އަދަދެއްގެ ތަކެތި ވަގަށް ގެންދިޔުމުން ދެމުންދާ ބައެއް ހިދުމަތްތައް މެދުކެނޑިފައިވާ ކަމަށް ވެސް ތިނަދޫ ސިޓީ ކައުންސިލުން ބުންޏެވެ.
"މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅި ބަލަމުންދާތީ ކައުންސިލުގެ ބައެއް ހިދުމަތްތައް މެދުކެނޑިފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަން،" ކައުންސިލުން ބުންޏެވެ.
ތިނަދޫ ސިޓީ ކައުންސިލަށް އޭސީސީން ވަނުން: ކައުންސިލުން ބުނަނީ ވަގަށް އެއްޗެހި ގެންދިޔަ ކަމަށް -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ "އަދަދު" ވިދާޅުވީ ތިނަދޫ ސިޓީ ކައުންސިލަށް އޭސީސީން ވަދެ، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅޭ ތަކެތި ގެންދިޔަ ކަމަށެވެ.
"އައުންސިލަށް އޭސީސީން ވަތް. މިކޮޅުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަނީ،" ސަމާ ވިދާޅުވި އެވެ.
ނަމަވެސް އޭސީސީން ބަލަމުންދަނީ ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ