ރައީސްގެ ވައުދާ އެއްގޮތަށް ސިއްހީ ދާއިރާގެ ތިން އާ ޕްރޮގްރާމެއް އެމްއެންޔޫއިން ފަށަނީ މާލެއިން ހިމަބިހި ފެނުން: ވެކްސިން ނުޖަހާ ތިބި މީހުންނަށް ހާއްސަ ފުރުސަތެއް ދަރިވަރުންގެ ކަންބޮޑުވުމަށް ހައްލެއް ހޯދައިދެއްވީތީ ރައީސަށް ޝުކުރު އަދާކޮށްފި އިޙްތިރާމު ހޯދ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ( provide އެމްއެންޔޫ) ގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން، ހިމަބިހި (މީސެލްސް) ފެތުރުން ކޮންޓްރޯލްކުރުމަށް ހިންގާ ހާއްސަ ވެކްސިން ޕްރޮގްރާމެއް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މިއީ ސިއްހީ ވުޒާރާއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. “މީސެލްސް އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމް” އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރަފީގު ހަސަނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު މުހައްމަދު ރަފީގު ވިދާޅުވީ، މިވަގުތު މި ބަލި ފެތުރެމުންދާ މީހުންގެ ތެރޭގައި ގިނައީ އުމުރުން 15 އަހަރާއި 30 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. ހިމަބިއްސަކީ ހަލުވިކަމާ އެކު ފެތުރޭ ބައްޔެއް ނަމަވެސް، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ބަލިޖެހުމުގެ ފުރުސަތު %97 ކުޑަކޮށްދޭ ކަމަށާއި، ބަލި ޖެހުނު ކަމުގައި ވިޔަސް ބަލީގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުގެ ދަށުން 4,468 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މިއީ ހިމަބިހި ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ދުޅަހެޔޮ ސިއްހަތު މުޖުތަމަޢަށް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އެމްއެންޔޫގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިމުމަކާ ގާތްވެފައިވުމުން އަތޮޅުތެރޭގެ ކެމްޕަސްތަކުގައި މި ހަރަކާތް ފަށާނީ މި މަހުގެ 23 ގެ ފަހުންނެވެ. ނަމަވެސް މި މުއްދަތުގައި މާލޭގެ ކެމްޕަސްތަކުގައި ވެކްސިން ދިނުން ކުރިއަށްދާނެއެވެ. ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް، މިއަހަރުގެ މޭ މަހުން ފެށިގެން ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ އެޗްޕީއޭއިން ދަނީ އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ