މިނިވަން ދުވަހާއި ގުޅިގެން ބާއްވަން ހަމަޖެއްސި އެމްއެންޑީއެފްގެ ޕެރޭޑް މިއަދު ނުބޭއްވިނަމަވެސް، ބުރާސްފަތި ދުވަހު ޕެރޭޑް އޮންނާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ވިދާޅުވީ، މިއަދު ޕެރޭޑް ނުބޭއްވުނީ ވިއްސާރަވުމާއި ގުޅިގެންކަމަށެވެ. ނަމަވެސް މިމަހުގެ 29ވާ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ޕެރޭޑް ބޭއްވުމަށް މިހާރު ހަމަޖައްސާފައިވާކަމަށެވެ.
ބުރާސްފަތިދުވަހު މި ޕްރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30ގައެވެ. ޕެރޭޑު ކުރިއަށްދާއިރު ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ހުއްޓައި ބޭންޑުގެ ޙަރަކާތްތައް ދައްކާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ހެވިކަމުގެ ކުޅިވަރުތަކުގެ ތެރެއިން ގައުމީ ދިފާއީ ބާރާއި، ސްކޫލް ކުދިންގެ ޕެރޭޑެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕެރޭޑުގައި ދިފާއީ ބާރުގެ އެކި ބަހާތަކުން ބައިވެރިވެފައިވާއިރު، 15 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.
ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަތް ގެންދިޔަނަމަވެސް އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބެމުންދަނީ އެމްއެންޑީއެފްއާއި ސުކޫލް ކުދިންގެ ޕެރޭޑާއި ރޫޓް މާޗްއަށެވެ. މިގޮތުން ކޮންމެ އަހަރަކުވެސް ކުދި ބޮޑު އެތަކެއް ބަޔަކު މި ހަރަކާތް ބަލާލުމަށް މަގުތަކަށް ނިކުމެއެވެ.
އެމްއެންޑީއެފް ޕެރޭޑު ބުރާސްފަތިދުވަހު ހުޅުމާލޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ