ކަރަންޓާއި ފެނުގެ އަގު ވެރިކަން ކުރާ މާލެއާއި އަތޮޅުތެރޭއާއި އެއްވަރަކަށް ހެދުމަށް ރައީސް އަބްދުﷲ ޔާމީން ނިންމެވުމާއި ގުޅިގެން އެމަކަށް ގދ. ތިނަދޫގެ ރައްޔިތުން ޝުކުރު އަދާ ކުރުމުގެ ގޮތުން އެ ރަށުގެ ރައްޔިތުން މިއަދު ސައިކަލު ބުރެއް ބާއްވައިފިއެވެ.
ގދ. ތިނަދޫ އިން "ވަގުތު" އާއި ވާހަކަ ދެއްކި ޒުވާނަކު ވިދާޅުވީ މިއަދު ހަވީރު 4:30 ތިނަދޫ އަބޫބަކުރު އިސްކޫލު ކުރިމަތިން ފެށުނު މި ސައިކަލް ބުރަކީ ކަރަންޓާއި ފެނުގެ އަގު ވެރިކަން ކުރާ މާލެއާއި އަތޮޅުތެރޭއާއި އެއްވަރަކަށް ހެދުމަށް ރައީސް ޔާމީން ނިންމުމާއި ގުޅިގެން އެމަކަށް ގދ. ތިނަދޫގެ ރައްޔިތުން ޝުކުރު އަދާ ކުރުމުގެ ގޮތުން އެ ރަށުގެ ރައްޔިތުން މިއަދު ސައިކަލު ބުރެއް ކަމަށާއި އަދި މި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ޒުވާނުން ބައިވެރިވެފައިވާ ކަމަށެވެ.
ގދ. ތިނަދޫ އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީގެ ބިޔަ ބޮޑު ޕުރޮޖެކްޓް ތަކެއް މިހާރުވެސް ހިގަމުން އަންނަ ރަށެކެވެ. އަދި ދައުލަތުގެ ބައްޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަ ރަށަކީ ވެސް ތިނަދޫކަން ފާހަކަ ކުރެވެއެވެ.
އަތޮޅުތެރޭގެ ރަށްތަކަށް ކަރަންޓް ދެމުން އައި އަގު ބައެއް ބޭންޑްތަކުން ހެޔޮކޮށް މާލެ އާއި އެއް ހަމައަކަށް ކަރަންޓްގެ އަގު ގެންނަން ސަރުކާރުން ނިންމާފައިވާކަން އިއުލާން ކޮށްފައިވާއިރު އަގު އެއްގޮތް ކޮށްފައި ވަނީ 400 ޔުނިޓާއި ހަމައަށެވެ.
ކަރަންޓްގެ އަގު ހެޔޮ ކުރާނީ މާޗް މަހުގެ 01 ވަނަ ދުވަހުން ފެށިގެންނެވެ.
ކަރަންޓު އަގު ހެޔޮކުރުމާއި ގުޅިގެން ރައީސް އަށް ޝުކުރު އަދާކުރުމަށް ތިނަދޫގައި ސައިކަލެއް ބުރެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ