އުރީދޫ މޯލްޑިވްސްގެ އެމްޑީއަކަށް ނަޖީބް ޚާން

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އެ ކުންފުނީގެ މިހާރުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ޚާން އައްޔަންކޮށްފިއެވެ.
މި މަގާމަށް ނަޖީބް ޚާން އައްޔަންކޮށްފައިވަނީ، އުރީދޫ މޯލްޑިވްސްގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޚާލިދް އިބްރާހީމް އަލް-މަޙްމޫދު މަގާމުން ރިޓަޔަރކޮށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޚާލިދް އިބްރާހީމް އަލް-މަޙްމޫދު ވަނީ 2012 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އުރީދޫ މޯލްޑިވްސްގެ ޗެއަރމަންގެ މަގާމް އަދާކޮށްފައެވެ.
މިގޮތުން ކުންފުންޏަށް ވަރަށް ގިނަ ކުރިއެރުމާއި ކާމިޔާބީތައް ހޯދައިދީ، އޭނާގެ ޤާބިލް ލީޑަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއަށް ޑިޖިޓަލައިޒޭޝަންގެ ރޮނގުން ގިނަ ކާމިޔާބީތައް ހާސިލުކޮށް ދިވެހި މުޖުތަމަޢުގެ ދިރިއުޅުން ފާގަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށް އުރީދޫން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ