ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓުކެނޑިއްޖެއެވެ. އެއާޕޯޓުގައި ހުރި މީހަކު "ސަން" އަށް ބުނީ މިރޭ 11:30 އިން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށާއި އަދިވެސް ކަރަންޓު ނުލިބޭ ކަމަށެވެ. މުޅިތަން އޮތީ ވަރަށް އަނދިރިކޮށް ކަމަށްވެސް އޭނާ ބުންޏެވެ. އަލިކަމަކަށް ހުރީ އެމަޖެންސީ ލައިޓްތައް އެކަންޏެވެ. އެއާޕޯޓުން ކަރަންޓު ކެނޑުނުއިރު ފުރަން ތައްޔާރުވެފައި އޮތް ދެ ފްލައިޓު މިހާރު ވަނީ ފުރައިފައެވެ. އެއާޕޯޓު ހިންގާ އެމްއޭސީއެލް ކުންފުނީގެ އޮފިޝަލަކަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެއާޕޯޓުން ކަރަންޓު ކެނޑުނީ ކީއްވެކަން ސާފުވާގޮތް ވަނީ ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ