ޔޫއޭއީގެ އެވޯޑެއް އޯޓިޒަމް އެސޯސިއޭޝަންގެ އިފުހާމަށް

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ބޮޑު ވަޒީރު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚުތޫމުގެ އަނބިކަނބަލުން ޕްރިންސަސް ހަޔާ ބިންތު އަލް ހުސައިން ދެއްވާ އެވޯޑެއް އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިފުހާމު ހުސައިން އަށް ލިބިއްޖެ އެވެ. 'ޕްރިންސަސް ހަޔާ އެވޯޑް ފޯ ޝްޕެޝަލް އެޑިއުކޭޝަން (ޕީއެޗްއޭއެސްއީ) އެވޯޑު އިފުހާމަށް ހަވާލުކޮށްފައި ވަނީ މި މަހު 23 ގައި ދުބާއީގެ ޖުމެއިރާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މިއެވޯޑް ޙަވާލުކޮށްދެއްވީ ދުބާއީގެ އެޑިިއުކޭޝަން މިނިސްޓަރު ޙުސެއިން އިބްރާހީމް އަލް ޙައްމާދީ އެވެ. އިފްހާމު އެވޯޑާއި އެކު -- ފޮޓޯ: އޯޓިޒަމް އެސޯސިއޭޝަން އިފުހާމަށް އެ ވޯޑު ލިބިވަޑައިގެންފައި ވަނީ ސްޕްޝެލް އެޑިއުކޭޝަން ކެޓަގަރީ ތަކުގެ ތެރެއިން މެނޭޖަރު، ޑައިރެކްޓަރު ކެޓަގަރީންނެވެ. މި އެވޯޑަކީ 2008 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ދޭ އެވޯޑެކެވެ. އެ އެވޯޑްގައި ތަފާތު އެކި ޤައުމުތަކުން 190 މީހުން ވަނީ އެކިއެކި ކެޓަގަރީތަކުގައި ވާދަކޮށް އޭގެތެރެއިން 23 ފަރާތަކުން ވަނީ އެވޯޑް ހާޞިލްކޮށްފައެވެ. އިފުހާމަށް ވަނީ ދިވެހި ސަރުކާރުން ދެއްވާ "ޑިސްއެބިލިޓީ އެވޯޑް" 2014 ވަަނަ އަހަރު ލިބިވަޑައިގެންފައެވެ. އޯޓިޒަމް އެސޯސިއޭޝަނުން ދަނީ އޯޓިޒަމްއަށް މީހުން ހޭލުންތެރިކުުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އޯޓިޒަމް ކުދިންނަށް ތައުލީމާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު އެސޯސިއޭޝަނުން ވަނީ ހުޅުވައިދީފައެވެ. މީގެ އިތުރުން އޯޓިޒަމް ކުދިންނަށް ކިޔަވައިދިނުމަށް މުދައްރިސުން ވެސް އެސޯސިއޭޝަނުން ވަނީ ތަމްރީނުކޮށްފައެވެ. އިފްހާމު ޑިސްއެބިލިޓީ އެވޯޑާއި ހަވާލުވަނީ -- ފޮޓޯ: ރައީސް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ