މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނަގާ ޓެކްސްގެ ނިޒާމު ފުރިހަމަކޮށް އާއްމުދަނީގެ ގޮތުގައި 20 ބިލިޔަން ރުފިޔާ ހޯއްދަވާ ދެއްވާނެ ކަމަށް ގާސިމު އިބުރާހީމު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ގުޅުމުގެ މެނިފެސްޓޯ އިފްތިތާހު ކުރެއްވުމަށް ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި ގާސިމު ވިދާޅުވީ، އެކޯލިޝަނުން ބޭނުންވަނީ ހަމައެކަނި ކޯޕަރޭޓު ޓެކްސް ނެގުން ނޫން ކަމަށާއި ބޭނުންވަނީ ވަށައިޖެހޭ ޓެކްސްގެ ނިޒާމެއް ކަމަށާއި ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި އެކަން ކުރާނެ ކަމަށް ގާސިމު ވިދާޅުވިއެވެ.
ގާސިމު ވިދާޅުވީ ކޯޕަރޭޓު ޓެކްސްގެ ބިލެއް ފުރަތަމަ އެކުލަވާލީ އޭނާގެ ފިނޭންސް މިނިސްޓަރު ކަމުގައި ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދުވަސްވަރު ވިޔަފާރިވެރިންނާއި ދެކޮޅަށް ފަތުރުވެރިކަމުގެ ދާއިރާއިން ޓެކްސް ނަގަން ތާއިދު ކުރެއްވި ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ އިގްތިސާދު ރަނގަޅު ކުރުމަށް އިންވެސްޓަރުންނަށް އިތުބާރު ހޯދާދޭން ޖެހޭ ކަމަށާއި، އިންވެސްޓުމެންޓުތަކަކީ ސިޔާސީ ފަރާތްތަކަށް ކުޅި ކުޅިވަރު ނުކުޅެވޭ އެއްޗަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ބޭރުގެ އިންވެސްޓުމެންޓުތައް އިތުރު ކުރަން ޖެހޭ ކަމަށް ވެސް ގާސިމު ވިދާޅުވިއެވެ. ގާސިމު ވިދާޅޫވީ އިގްތިސާދު ރަނގަޅު ކުރުމަށް ރާއްޖެއަށް އިންވެސްޓުމެންޓު ބޭންކުތައް ގެންނަވާނެ ކަމަށެވެ.
އަދި ފެނާއި ނަރުދަމާގެ ހިދުމަތް ކޮންމެ ރަށެއްގައި މާލެއާއި އެއް އަގެއްގައި ދެއްވާނެ ކަމަށް ވެސް ގާސިމު ވިދާޅުވިއެވެ.
ޓެކްސް ނަގައިގެން އާމްދަނީ 20 ބިލިޔަނަށް އިތުރުކުރާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ