ކުއްލި ހާލަތު އިއުލާން ކުރީ އެމްޑީޕީގެ އެއްވުން ހުއްޓުވާކަށް ނޫން - އުމަރު

ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރީ އިދިކޮޅު އެމްޑީޕީއިން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުން ހުއްޓާލަށް ނޫން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މިނިސްޓަރު އުމަރު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ވެސް ވަނީ ހިފަހައްޓާފައި ކަމަށާއި މި ކުއްލި ހާލަތު އިއުލާން ކުރީ އެއްވެސް ހާލެއްގައި އެމްޑީޕީއިން ބާއްވާ އެއްވުން ހުއްޓުވުމަށް ނޫން ކަމަށެވެ.
"އެއްގޮތަކަށްވެސް މުޒާހަރާ ހުއްޓުވާކަށް ނޫން، އެކަމަކު މި މުޒާހަރާގައި އެތައް ބަޔަކު އެއްވެ ކުރިއަށްދާ ވަގުތެއްގައި މި ބަޔަކު ނިކުމެ މި މުޒާހަރާއަށް ހަމަލާއެއްދީ މުޒާހަރާގެ ތެެރެއިން އެއްޗެއް ގޮޮއްވާލައި ހަދާފައިނަމަ އެތައް ބަޔަކަށް ގެއްލުންވާނެ، އެހެންވީމާ އެކަސް ވެސް ހުއްޓުވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ބޭނުމެއް،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ބައެއް ހަތިޔާރާއި ގޮވާ ތަކެތި އާންމުގެ އަތުގައި އާންމު ތަންތަނުގައި ހުރިކަމަށް ތުހުމަތުކުރުވޭ ކަމަށާއި ބޮޑު އެއްވުމެއް ކުރިއަށް ދަނިކޮށް އެއްޗެއް ގޮވައި އެތައް ބަޔަކަށް އަނިޔާވުމަކީ ހިތާމަކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
ކުއްލި ހާލަތު އިއުލާންކޮށްފައި ވަނީ ރާއްޖޭގެ ދެ ސަރަހައްދަކުން ނުރައްކާތެރި ހަތިޔާރު ފެނުމާއި، އަދިވެސް ބައެއް ހަތިޔާރު މަދުވުމުގެ އިތުރުން، އާންމު ރައްޔިތުންގެ އަތުގައި ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ހުރިކަމުގެ ކަށަވަރު މައުލޫމާތު ސަލާމަތީ ބާރުތަކަށް ލިބުމާއި ގުޅިގެންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ފުރާނައާއި ސަލާމަތާއި ރައްކާތެރިކަމާއި އަދި ޤައުމީ ސަލާމަތަށް ނުރައްކާތެރި ހާލަތެއް ކަމުގައި ފެނުނު ހިނދު އަދި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ޤައުމީ ސަލާމަތާއި ބެހޭ މަޖިލީހުގެ ލަފަޔާއި މަޝްވަރާ އާއި އެއްގޮތަށް ކަމަށް ޤަރާރުގައި ވެއެވެ.
ކުއްލި ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ ޤާނޫނަށް އަމަލުކުރުން ވަނީ ހުއްޓާލާފައެވެ.
ކުއްލި ހާލަތު އިޢުލާނު ކުރުމާއި ގުޅިގެން އާންމު ގޮތެއްގައި އަސާސީ ޙައްޤުތައް އެއްވެސް ވަރަކަށް ހަނިކޮށްފައި ނުވި ނަމަވެސް، "ފިނިފެންމާ" ލޯންޗް ގޮއްވާލުނުގެ ހާދިސާގައި ތުޙުމަތުކުރެވޭ މީހުންނަށް ވަނީ ގިނަ ޙައްޤުތަކެއް ހަނިކުރަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ