ހުސް ވައުދުތަކާއި ދޮގު ހުވާތައް ކުރެއްވުމުގައި ސިޔާސީ ބައެއް ލީޑަރުން އުޅުއްވާތީ ގިނަ ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށް ޑީއާރްޕީގެ ލީޑަރު އަޙްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ސ. ހިތަދޫގައި ޑީއާރްޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ސިޔާސީ މައިދާނުން ފެންނަމުންދާ މަންޒަރުތަކުގެ ސަބަބުން ޒުވާނުންނާއި ހަރު މީހުން ވެސް ސިޔާސީ ވެރިންނާމެދު މާޔޫސްވެފައިވާ ކަމަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި ފެނުނު މަންޒަރުތަކާއި ކުރެވުނު ތަރްޖިބާއިން ރަނގަޅު ފިލާވަޅުތަކެއް ލިބިގަންނަންޖެހޭ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"ނިމިގެންދިޔަ ދުވސްތަކަކީ ދިވެހިން ބޭނުންވާ މަންޒިލަށް ދިއުމަށް އެތަކަމެއް ހުރަސްތަކެއް ކުރިމަތިވެގެންދިޔަ އަހަރުތަކެއް،" ތަސްމީން ވިދާޅުވި އެވެ.
ޕީޕީއެމާއި އެމްޑީޕީން ޑީއާރްޕީ ދެކެ ބިރު ގަންނަ ކަމަށް ވިދާޅުވެ ދާދި ފަހުން ވާހަކަ ދެއްކެވި ތަސްމީން ވިދާޅުވީ ޑީއާރްޕީގެ ނަން ކިނލަބު ކުރަންޕީޕީއެމްއާއި އެމްޑީޕީން މަސައްކަތްތަކެއް ކުރަމުން ގެންދާކަމާއި އެކަންކަން ކަމާއި ޑީއާރްޕީ ކަންބޮޑު ނުވާ އިރު ދުވަހަކު ވެސް ޑީއާރްޕީގެ ތާޢީދު ނުލިބޭނެކަމަށެވެ.
ޑިޒާސްޓާ ރިޑަކްޝަން ނުވަތަ ކާރިސާއަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ދާއިރާގައި ބޭނުން ކުރެވިދާނެ އިސްތިލާހުތަކެއް ނުވަތަ ބަސް ލިސްޓެއް ފުރަތަމަ ފަހަރަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު (އެންޑީއެމްސީ) އިން އާންމުކޮށްފި އެވެ.
ބައިނައިލް އަގުވާމީ ޑިޒާސްޓާ ރިޑަކްޝަން ދުވަސް ނުވަ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާ ގުޅުވައި އެ ދާއިރާގައި މީގެ ފަހުން ބޭނުން ކުރާނެ އިސްތިލާހުތަކުގެ ލިސްޓެއް އެމްޑީއެމްސީން އާންމު ކުރީ ދިވެހި ބަހުގެ އެކަޑީމީގެ އެހީއާއެކު ކުރި މަސައްކަތަކަށް ފަހު އެވެ.
މިއަދު އާންމު ކުރި އިސްތިލާހުތަކުގެ ލިސްޓްގައި 54 އިސްތިލާހެއް ހިމަނާފައި ވެއެވެ. އެލިސްޓްގައިވާ ގޮތުން އެކްސެޕްޓެބަލް ރިސްކްގެ ގޮތުގައި ބޭނުން ކުރުމަށް ބަސް ކޮމެޓީން ނިންމާފައި ވަނީ ތަހައްމަލު ކުރެވިދާނެ ހިރާސް އެވެ. އެޑަޕްޓޭޝަން އަށް ބެނުން ކޮށްފައި ވަނީ "ހޭނުން" އެވެ. ބަޔަލޮޖިކަލް ހެޒާޑަށް ދީފައިވާ ނަމަކީ ހަޔަވީ އަރައްކާ އެވެ. ބިލްޑިން ކޯޑަށް ބިނާ ކޯޑެވެ. ކެޕޭސިޓީއަށް އެކަށޭނަކަން ނުވަތަ ގާބިލު ކަމެވެ. ކެޕާސިޓީ ޑިވެލޮޕްމެންޓަކީ ގާބިލުކަން އިތުރު ކުރުމެވެ. ކްލައިމެޓް ޗޭންޖަކީ މޫސުމީ ބަދަލެވެ.
ކޮންޓިންޖެންސީ ޕްލޭނިން އަކީ ބަދީލީ ރޭވުމެވެ. ކޮޕިން ކެޕޭސިޓީއަކީ ބަރުދާސްތީ ގާބިލު ކަމެވެ. ކަރެކްޓިވް ޑިޒާސްޓާ ރިސްކް މެނމޭޖްމެންޓަކީ ކާރިސީ ހިރާސް ކުޑަކުރުމުގެ ހަރަކާތް ބެލެއްޓުމެވެ. މީގެ އިތުރުން ވެސް މި ދާއިރާގައި ބޭނުން ކުރާ އިންގިރޭސީ ބަސްތަކުގެ ބަދަލުގައި ބޭނުން ކުރެވިދާނެ 44 ބަހެއް ހިމެނެ އެވެ.
ލީޑަރުންގެ ހުސް ވައުދުތަކާހެދި ރައްޔިތުން ވަނީ މާޔޫސްވެފައި: ތަސްމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ