ފެން ބިލަކުން 235 ރުފިޔާ، ކަރަންޓް ބިލަކުން 500 ރުފިޔާ މާފުކޮށްދެވިއްޖެ: ފިނޭންސް

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން ފެނާއި ކަރަންޓުބިލުން ބައެއް އުނިކުރަން ނިންމި ނިންމުމުން ފެން ބިލުން އެވްރެޖްކޮށް 235 ރުފިޔާ އާއި ކަރަންޓު ބިލުން ގާތްގަނޑަކަށް 500 ރުފިޔާ ކުޑަވެފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ. ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން އާންމު ފަރުދުންގެ މާލީ ހާލަތަށް އަންނާނެ ހީނަރުކަމަށް ބަލައި، އޭޕްރިލް އަދި މޭ މަހުގެ ކަރަންޓު ބިލުން 40 ޕަސަންޓު، އަދި ފެން ބިލުން 30 ޕަސަންޓު ސަބްސިޑައިޒްކުރަން ނުވަތަ ހިލޭކޮށް ދޭން ސަރުކާރުން ވަނީ މީގެކުރީން ނިންމާފައެވެ. މިއަދު ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ކަރަންޓާއި ފެނުގެ ބިލުން ބައެއް ހިލޭކޮށްދިނުމަށް ނިންމުމާ އެކު ފެނުގެ ޑިސްކައުންޓަށް 10.9 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ. އަދި ކަރަންޓުން ނެގި ޑިސްކައުންޓަށް 49.7 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ތަފްސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ