ބަޔަކު ކިތަންމެ ބޭނުންވި ކަމުގައި ވީނަމަވެސް ފުލުހުންގެ އިދާރާގެ ނަން ބަދަލު ނުކުރެވޭނެ ކަމަށް، ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު، އަދި ކުރީގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ޝީފާޤް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެ އެވެ.
ހިސްޓޯ މިގޮތަށް ވިދާޅުވެފައި ވަނީ، ދިވެހި ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަމާއި، ކުލަ ބަދަލު ކުރަން ޖެހޭ ކަމަށް ދޭހަވާފަދަ ގޮތަކަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.
މިކަމާއި ގުޅިގެން މިރޭ ފުލުހުންގެ އިދާރާގެ ޓްވީޓާ އެކައުންޓު ޓެގުކުރައްވައި ކުރެއްވި ޓްވީޓެއްގައި ހިސްޓޯ ވިދާޅުވީ، "ކިތަންމެ ހިތްއެދުނަސް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް މުޙައްމަދު ޢަބްދުއްސައްތާރު ބިލްޑިންގ އެކޭ ނުކިޔޭނެ" ކަމަށެވެ.
އިއްޔެ ކުރިޔަށްގެންދިޔަ މަޖިލީހުގެ ޖަލްސާގައި ފުލުހުންގެ ހިދުމަތުގެ ބިލަކަށް ބަހުސް ކުރުން ކުރިޔަށް ދިޔައިރު، ބަހުސް ނިމުމަކަށް އައުމުން ވާހަކަ ދައްކަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ފުލުހުންގެ މަރުކަޒާއި، ކުލަ އާއި ނަން ބަދަލު ކުރުމަށް ބިލުގެ ބަހުސްގައި މެމްބަރުން އެދޭ ކަމަށެވެ.
"މެންބަރުން ވިދާޅުވަނީ، އެހެން ފުލުސް އޮފީހެއް ބޭނުންވެޔޭ، އެހެން ނަމެއް ވެސް ބޭނުން ވެޔޭ، އެހެން ކުލައެއްވެސް ބޭނުން ވެޔޭ، އަދި އެތަން ހުންނަންވީ މައިމަރުކަޒު ވެސް ހުންނަންވީ އެހެން ތަނެއްގައޭ، މިދިޔަ ހުރިހާ ދުވަހު އެދިޔަތަން ނިމުނީއޭ، މުޅިން އާ ބާބެއް ފެށުނިއްޔޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިފަދައިން އިއްޔެ މަޖިލީހުގައި ފުލުހުންނާއި ބެހޭގޮތުން ވާހަކަ ދައްކާފައިވާއިރު، މީގެ ދެ ދުވަސް ކުރިން ކުރިއަށް ދިޔަ މަޖިލީސް ޖަލްސާގައިވެސް އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ހިސްޓޯ ވިދާޅުވެފައި ވަނީ، މެމްބަރުންގެ އެފަދަ ވާހަކަތަކުން ތަޢުލީމީ ޒުވާނުން ފުލުހުންގެ އިދާރާއަށް ވަނުމަށް އޮންނަ ޝަޢުގުވެރިކަން ގެއްލޭނެ ކަމަށެވެ.
"ކިތަންމެ އެދުނަސް ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް މުހައްމަދު އަބްދުއްސައްތާރު ބިލްޑިންގޭ ނުކިޔޭނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ