ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުހަށް ހާޒިރުކުރުން
ގާސިމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމާއި ގުޅިގެން ވީޓީވިއިން މިހާރު ގެނެސްދޭ ލައިވް ކަވަރޭޖްގައި ވާހަކަ ދައްކަމުން ޑރ. އަބްދުﷲ މައުސޫމް: ގާސިމަށް މިގޮތަށް މިކުރިމަތި ކުރައްވާ ފިއްތުންތަކާ ހުރެ ގައުމުގެ ރައްޔިތުންގެ އިތުރުން މުޅި ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުން ތަކެއް ވެސް ލިބެމުން އެބަދޭ. އެގޮތުން ގާސިމްއަށް ލިބިވަޑައިގަންނަވާ މިފަދަ ގެއްލުމަކީ އެތައް މީހުންނެއްގެ ވަޒީފާވެސް ގެއްލިގެން ދާނެ ކަމެއް ކަމަށްވެސް ފާހަގަ ކުރެއްވި. އަދި އެމަނިކުފާނަކީ އެތައް ގޮތަކުން ރައްޔިތުންނަށް އެހީތެރިވެވަޑައިގަންނަވާ ބޭފުޅެއްކަމުން މިފަދަ ކޮންމެ ގެއްލުމަކީ އެމަނިކުފާނުގެ އިތުރުން މުޅި މުޖްތަމައުގެ އެތައް ބަޔަކަށް ގެއްލުންތަކެއް ލިބިގެން ދާނެ ކަމެއް ކަމަށް ވެސް ވިދާޅުވި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ